ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އިހުސާންގެ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ ރައީސް މުއިއްޒުގެ ތަސައްވަރަށް ހުރަސްއަޅަން: ނައިބު ރައީސް

Sssss

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނުގެ އިތުބާރު ނެތްކަމަށް ދައްކަން މަދު ސިޔާސީ ބަޔަކު އިސްވެތިބެ މަސައްކަތް ކުރަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަށް ހުރަސްއަޅައި ގައުމުގެ ހަމަޖެހުން ނަގައިލަން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ތަސައްވުރުގެ ތެރެއިން ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައާއި އަދި މިނޫންވެސް ގާނޫނާ ގަވާއިދާ ޚިލާފަށް ހިނގަމުންދާ ކުށުގެ އަމަލުތައް ހުއްޓުވުމަށް ހޯމް ލޭންޑް ސެކިޔުރިޓީ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

އެ ކަންތައްތައް މީގެ ކުރިން ނުހިނގާ ބާރުމިނުގައި، ކާމިޔާބުކަމާއެކު ހިނގަމުންދާކަމީ ދިވެހި ރައްޔިތުން ހެކިވާނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސްގެ ތަސައްވުރަށް ހުރަސް އަޅައި ގައުމުގެ ހަމަޖެހުން ނަގައިލުމުގެ ބޭނުމުގައި މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރާކަމަށެވެ.

މިނިސްޓަރު އިހްސާންގެ އިތުބާރު ނެތް ކަމަށް ހުށަހެޅިޔަސް މަޖިލީހުން ފާސްވީ އެމަނިކުފާނުގެ އިތުބާރު އޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

448818 43e9be3c d

އިންޑިއާ އާއި ރާއްޖޭގެ ތާރީޚީ ގުޅުމުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ކުރޭ: ނައިބު ރައީސް

Ii

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންފި

Ii

ގައުމުގައި ނަމޫނާ ދައްކާފައި ތިއްބެވި ލީޑަރުންގެ ފަހަތުގައި ތިބެންޖެހޭ: ނައިބު ރައީސް

448853 44357d2d 1

ރާއްޖެއާއި އިނގިރޭސި ވިލާތުގެ ބަދަހި ގުޅުމަށް ނައިބު ރައީސްގެ ތައުރީފް

TTH_advertisement