ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑަބްލިޔުއެސްސީ އިން ލޭ ހަދިޔާ ކުރުމުގެ ޚާއްސަ ހަރަކާތެއް ހިންގައިފި

B Veszy3uwlgzg5dxj02zfq7zq2
މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޚާއްސަ ހަރަކާތެއް މިއަދު ހިންގައިފިއެވެ. މި ހަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން ހިންގުނު ހަރަކާތެކެވެ.

މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން، އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ކުރިއަށް ގެންދެވުނު މި ހަރަކާތް ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީންްދުލްމަތީން މުހައްމަދާއި ޗެއާޕާސަން ޝަމްހޫޒާ އަހުމަދެވެ. މި ހަރަކާތުގައި އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް އަދި ކައުންސިލުގެ މުވައްޒަފުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތުގެ އެންމެ މުހިންމު މަގުސަދަކީ މޯލްޑިވިއަން ބްލަޑް ސާވިސްއަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ އެ ކުންފުނީގެ ފަރާތުން ފޯރުކޮށްދިނުމެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

މި ހަރަކާތުގެ ސަބަބުން ގައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭނަށް ބާރު ލިބި، ރޯދަމަހުގައި ލޭގެ ޑިމާންޑް އިތުރުވާ ދަނޑިވަޅެއްގައި ބޭނުންވާ ފަރާތްތަކަށް ލޭ ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އެމްޑަބްލިޔުއެސްސީގެ މި މަސައްކަތަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ރޮނގުން އެހެން ކުންފުނިތަކަށްވެސް ނަމޫނާއެއް ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާގެން މިފަހަރުވެސް ޢުމްރާ ދަތުރެއް

“އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ” މި އަހަރުވެސް އިފްތާރް މީލް ޕެކް ބަހަނީ

މާފުށީގައި އައު ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

mwsc matheen

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް: މަތީން