ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ޓީޗަރެއްގެ މައްޗަށް ދައުވާކޮށްފި

ތެލަސީމިއާ ކުދިންނަށް ލިބިފައިވާ ލޭ ލިބުމުގެ ދަތިކަން ހައްލުކުރަން އެޗްޑީސީގެ މުވައްޒަފުން ނުކުންނަނީ

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ދ. މީދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

Om

ދ. މީދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިއެވެ.

މިޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މީދޫގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު އެކަމަށްޓަކައި ބޭނުންކުރެއްވި ކާޑު ރަށު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ. މީދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގަތީ ކައުންސިލުގެ ރައީސް، އިބްރާހިމް ނަޞީމްއެވެ.

އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވެވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އޭޓީއެމް ޚިދުމަތާއެކު ބޭންކިންގެ ގިނަ ޚިދުމަތްތަކެއް އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާ ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓިއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބަހައްޓާފައިވާއިރު އެޓީއެމްތައް ތަރައްޤީކުރުމަށް ކައުންސިލްތަކާއި ބީއެމްއެލް އަދި އެމްއައިބީއާއެކު އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުންނެވެ.

އެގޮތުން ރައީސް ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަނީ މާއެނބޫދޫ އަދި ބަނޑިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވާދެއްވާފައެވެ. އަދި ދ.ކުޑަހުވަދޫގައި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ބަހައްޓަވައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދ. މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި

Dsc 2081

އާންމު ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި ދ. އުއްދޫ ހުޅުވައިލައްވައިފި

TTH_advertisement