ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިއްހީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް އިންޑިއާގެ ސިއްހަތާބެހޭ ވަޒީރާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

Gkfkxqawwaekvxn

ސިއްހީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް ރާއްޖޭގެ ސިއްހަތާބެހޭ ވަޒީރު އަލްފާޟިލް އަބްދުﷲ ނާޒިމް އިބްރާހީމް އިންޑިއާގެ ސިއްހަތާބެހޭ ވަޒީރާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ސިއްހަތާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މިނިސްޓަރ ނާޒިމް އިންޑިއާގެ ސިއްހަތާބެހޭ ވަޒީރު ޑރ. ޖަގަތު ޕްރަކާޝް ނައްޑާއާ ބައްދަލުކުރައްވައި، ސިއްހީ ދާއިރާގައި ދެޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާތަކުގައި ބޭސްފަރުވާގެ ކަންކަމާއި، ނަފްސާނީ ޞިއްޙަތާއި، ޑިޖިޓަލް ޓެކްނޮލޮޖީ އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމާ ގުޅޭ މައުޟޫތަކަށް އިސްކަންދެވުނެވެ.

މި ބައްދަލުވުމަކީ ދެޤައުމުގެ މެދުގައި ސިއްހީ ދާއިރާގެ ގުޅުން ބަދަހިކޮށް، އެ ދާއިރާގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށްގެން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުން ބޭއްވުނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުނު ގްލޯބަލް ހެލްތު ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ނާޒިމް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިނިސްޓަރގެ މި ދަތުރުފުޅު ނިންމަވައި، މިއަދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ފާހަގަކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރ. މީދޫގައި އިމާރާތްކުރާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށައިފި

minister nazim

ރާއްޖޭގައި ކެންސަރު ބަލި އާންމުވަމުންދާ ސަބަބު އަދި ނޭނގޭ: ނާޒިމް

ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފި

18 ރަށެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަން އިމާރާތްކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފި