ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާއެނބޫދޫގައި އޭޓީއެމް ޚިދުމަތް ރައީސް ފަށްޓަވައި ދެއްވައިފި

Dsc 2879

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި ޚިދުމަތަކީ އަމިއްލައަށް ބޭނުންކުރެވޭ ސެލްފް ސަރވިސް އޭޓީއެމްއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސެ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. މި ސިޔާސަތުގެ ދަށުން މާއެނބޫދޫގައި ޤާއިމްކުރެވުނު އޭޓީއެމް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޚިދުމަތް ބޭނުންކުރައްވައި ފައިސާ ނަންގަވާފައެވެ. އަދި އެ މުޢާމަލާތުގައި ބޭނުންކުރެއްވި ކާޑު މާއެނބޫދޫ ކައުންސިލާ ހަވާލުކުރައްވާފައިވެއެވެ. މި ކާޑާ ހަވާލުވެވަޑައިގަތީ މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސަޢީދެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން އެކައުންޓުތަކުގެ މެދުގައި ފައިސާ ބަދަލުކުރުމުގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި ކުޑަހުވަދޫގައި ހުޅުވާފައިވާ ބީއެމްއެލް ގޮފީގެ މުވައްޒަފުން މާއެނބޫދޫއަށް ޒިޔާރަތްކޮށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ މަޤްޞަދަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމެވެ. މީގެ އިތުރުން، ދ. ކުޑަހުވަދޫގައި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ޤާއިމްކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއް: ރައީސް

Shukoor

ޢަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

WhatsApp Image 2026 03 23 at 10.30.45

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރަނީ

muiz

ސަރުކާރަަށް ގޯތި ދޫކޮށްލުމުގެ ބަދަލުގައި އާއިލާ މެންބަރުންނަށް ގޯތި ދިނުމުގެ ފުރުސަތު ދިނުމަށް ނިންމަވައިފި