ކުއްލި ޚަބަރު

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ވަޒީރު ރާފިއު ހަމަޖައްސަވައިދެއްވައިފި

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ކުޑަހުވަދޫ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރަން އާރުޑީސީ އާ ހަވާލުކޮށްފި

Dsc 2051

ދ. ކުޑަހުވަދޫގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި، މިހާރު ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

ކުޑަހުވަދޫގައި އިއްޔެ ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، އާރުޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
– ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުން
– ނަރުދަމާ ޕަންޕިން ސްޓޭޝަން އަދި ޖަންކްޝަން ބެހެއްޓުން
– ފެން މީޓަރުތައް ބެހެއްޓުން
– އައުޓްފްލޯ އެޅުން
– ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރު.އޯ ޕްލާންޓް ބެހެއްޓުން
– 700 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ ދެ ޓޭންކު ބެހެއްޓުން

މި ޕްރޮޖެކްޓަކީ 700 ދުވަހުގެ ތެރޭގައި ނިންމުމަށް އާރުޑީސީއާ ހަވާލުކުރެވުނު 87,487,556.76 ރުފިޔާގެ މަޝްރޫއެކެވެ.

ކުޑަހުވަދޫގައި ބޭއްވުނު ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފާއިތުވި 11 އަހަރު ކުޑަހުވަދޫގައި ހިއްކާފައި އޮތް ބިމުގައި އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާފައިވާ ކަމަށާއި، އެތަނުގައި ދިރިއުޅެވޭނެ އަސާސީ އެއްވެސް ޚިދުމަތެއް ލިބޭނެ ގޮތް ހަދާފައި ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ލިބޭނެ ގޮތް ހަދައި، އެތަނުގައި ހައުސިންގ ޔުނިޓްތައް ގާއިމުކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަނުން ކަމަދޫއަށް ސީޕްލޭން ދަތުރުތައް މި މަހު ފަށަނީ

Thulhaadhoo

ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

Maldivian

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

ހިޔާގައި ލިފްޓް ހަރުކުރުމުގެ %66 މަސައްކަތް ނިމިއްޖެ

ELL Mobile Advertisement TTH_advertisement