ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި ރޯދަ މަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ލިބޭނެ: ރައީސް

Whatsapp Image 2025 02 23 At 09.47.48

ވޭތުވެދިޔަ އަހަރެކޭ އެއްގޮތައް މިއަހަރުގެ ރަމަޟާން މަހު ވެސް ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުން ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ފަހު އޭގެ ބަދަލުގައި ކަރަންޓާއި ފެން ބިލުން އެބައި ހޯދަން އުޅޭ ކަމަށްބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އޭގެ ބަދަލުގައި ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް މި އަހަރު ވެސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުކުރިން ވެސް މި ވާހަކަ ވާނީ ދަންނަވާފައި. 8 ޑިސެމްބަރު ގައި މަތިވެރީގައި ބޭއްވި ޖަލްސާގައި އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާން މަހު ދިން ގޮތަށް މިފަހަރު ރަމަޟާން މަހު ވެސް ކަރަންޓްބިލާއި ފެން ބިލުން ޑިސްކައުންޓް އަޅުގަނޑުމެން ދޭނަމޭ. އެކަން އެގޮތަށް ކުރިއަށް ގެންދާނަމޭ. އެހެންވީމަ ކިހިނެތްތޯ އޮޅުވާލައިގެން ދޮގުހަދައިގެން ގެންދެވޭނީ،” ރައީސް ވިދާޅުވިއެވެ.

ސަރުކާރާ ގުޅޭގޮތުން އެކި ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ މެދު ވިސްނުމަށް ރައީސް ވަނީ އެދިވަޑައިގެނަފައެވެ.

“ފުރަތަމަ ކޮން ވާހަކައެއްތޯ ދެކެވުނީ. މަސްދަޅުކޭހުން ވަކި ވަރެއް މަދުކޮށްފަ އޭ އަޅުގަނޑުމެން ދެނީ. އެކަން ދެން ހަގީގީގަތަކަށްނުވި. އެ ދޮގު ފަޅާ އަރައިފި. ދެން މަސްދަޅުގެ މަތިގަނޑު ނެއްޓޭ ގޮތަކަށްނޫނޭ ހުރީ ފަސޭހައިން. އެކަން ވެސް ދޮގެއްކަން ރައްޔިތުންނަށް އެނގިއްޖެ. ދެން މަސްދަޅު ކޭސްތައް ބަހަނީ. މާލޭގައި ބެހިއިރު ދަތިތަކާ ދިމާވި. އެކަމުގައިވެސް ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން ފެތުރުމަށް މަސައްކަތް ކުރީ. އެކަންވެސް އެ އޮތީ ހައްލުވެފައި. މިހާރު ދައްކާ ވާހަކައަކީ ރައްޔިތުންނަށް، ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދީގެން ސަރުކާރުން ކުރި ޚަރަދު ފޫބައްދަންވެގެން މިފަހަރު ރަމަޟާންމަހު ފެން ބިލާއި ކަރަންޓް ބިލުންނޭ އެބައި އަތުލާނީ. މި ބިރު މި އުފައްދަނީ މިހާރު،” ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް