ކުއްލި ޚަބަރު

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒުގެ ކުޑަހުވަދޫއަށް ކުރައްވާ ދަތުރުފުޅަކީ އުންމީދުތަކަށް ޙަޤީޤީ ކުލަޖެހިގެންދާ ދަތުރުފުޅެއް: ކައުންސިލް

Dsc 1761 (1)

ރައީސުލްޖުމްހޫރްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޑަހުވަދޫއަށް ކުރައްވާ ދަތުރުފުޅަކީ، ރަށުގެ ގިނަ ރައްޔިތުންގެ ދުވަސްވީ އުންމީދުތަކަށް ޙަޤީޤީ ކުލަޖެހިގެންދާ ދަތުރުފުޅެއްކަމުގައި ކުޑަހުވަދޫ ކައުންސިލުން ފާހަގަކުރައްވައިފިއެވެ. މިފަދައިން ކައުންސިލުން ވިދާޅުވެފައިވަނީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ރައީސުލްޖުމްހޫރިއްޔާ، ކުޑަހުވަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ކުޑަހުވަދޫގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ދަތުރުފުޅަކީ މިހިނގާ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ކުރައްވާ ތިންވަނަ ދަތުރުފުޅުކަން ފާހަގަކުރައްވައި، ޤައުމު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވާކަން ކައުންސިލުން ހާމަކުރެއްވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ފެށިގެންދާ މަޝްރޫޢުތަކަކީ މެދުނުކެނޑި ކުރިއަށްދާނެ މަޝްރޫޢުތަކެއްކަމުގައި ހެއްދެވުމަށް ކައުންސިލުން އެދިވަޑައިގަތެވެ. މީގެއިތުރުން، ކުޑަހުވަދޫގައި އިންޑަސްޓްރިއަލް އޭރިއާއެއް އަދި މަސް ފެކްޓްރީއެއް ޤާއިމުކޮށްދެއްވުމަށާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ސަރުކާރުން އަންހެނުންގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރުވެރިކަމާއެކު އިޙްތިރާމު އަދާކުރައްވާފައެވެ.

Dsc 1836
ކުޑަހުވަދޫ ކައުންސިލުން އާއި ބައްދަލުކުރުން: ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވަނީ ކނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ދިރާސާކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށްތަކަށް ވަޢުދުވެވަޑައިގެންފައިވާ ކަންކަން ތަންފީޛުކުރައްވާނެކަން އެމަނިކުފާނު އެއްކޮށްލެއްވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކުޑަހުވަދޫގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަހުވަދޫގައި އިމާރާތްކުރާ އައު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އަލަށް އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ ކުޑަހުވަދޫ ގޮފީގެ ބިންގާ އެޅުއްވުމުގެރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަހުވަދޫގެ ތަރައްރައްޤީއަށް މުހިންމު އެތައް މަޝްރޫޢުތަކެއް ފައްޓަވައި، ރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުންތަކާއި އެދުންތަކަށް އަޑުއެއްސެވުމުގެ ފުރުޞަތު ހޯއްދަވައިދެއްވާފައެވެ. މިކަމަކީ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ހަމައެކަނި ކުޑަހުވަދޫއަށް ނޫންނަމަވެސް، މުޅި ނިލަންދެއަތޮޅު ދެކުނުބުރީގެ ތަރައްޤީއަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއްކަން ޔަޤީނެވެ. އަތޮޅުގެ މައި މަރުކަޒުގެ ގޮތުގައި ކުޑަހުވަދޫ ތަރައްޤީވެގެންދިއުމަކީ އަތޮޅުގެ އެހެން ރަށްރަށަށްވެސް ލިބިގެންދާނެ ކުރިއެރުމެކެވެ.

ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އާބަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުޑަހުވަދޫއަށް ކުރެއްވި މި ދަތުރުފުޅަކީ އެ ސިޔާސަތު ތަންފީޛުކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއްކަން ކަށަވަރެވެ. މި ދަތުރުފުޅުގެ ސަބަބުން ކުޑަހުވަދޫގެ ރައްޔިތުންގެ އުންމީދުތައް އާވެ، ރަށުގެ ތަރައްޤީއަށް އިތުރު ހިތްވަރާއި ފޯރި ލިބިގެންދާނެކަން ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

452862 4caf5a28 5

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

66

ކެންސަރުބަލީގެ ފަރުވާ އަތޮޅުތަކުގައި ފެށުމަކީ ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެއް: ރައީސް

338785 01b42110 6

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ

raees muiz

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، އެމެރިކާ ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް

TTH_advertisement