ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޔަފާރީގެ ފައިދާ އިތުރުކުރުމަށް ވުރެ ރަމަޟާން މަހުގެ މަތިވެރި މަޤްޞަދަށް އިސްކަންދެއްވާ: ޚުޠުބާ

8npcxpte9jjl3hsj3chx

ރަމަޟާން މަހުގެ މަތިވެރި މަޤްޞަދު ހާސިލުކުރުމަށް އިސްކަންދިނުމަށް ހުކުރު ޚުޠުބާގައި އިލްތިމާސްކުރައްވައިފި

މިއަދުގެ ހުކުރު ޚުޠުބާގައި، ކުރިއަށް އޮތް ރަމަޟާން މަހަކީ ވިޔަފާރީގެ ފައިދާ އިތުރުކުރުމުގެ ވަސީލަތަކަށް ހެދުމުގެ ބަދަލުގައި، އަޅުކަމާއި ތަޤްވާވެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް ޚަތީބު އިލްތިމާސްކުރައްވައިފިއެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި ރަމަޟާން މަހަކީ ބަރަކާތްތެރި މައްސަރެއް ކަމަށާއި، އެ މަހުގެ ރޯދަ ފަރުޟު ކުރައްވާފައިވަނީ މުސްލިމުންގެ ތަޤްވާވެރިކަން އިތުރުކުރެއްވުމަށްޓަކައި ކަމަށް ވިދާޅުވިއވިދާޅުވިއެވެ. އަދި އެ މަހުގެ މަތިވެރި ދަރުމައާއި ޘަވާބު ހޯދުމަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމުގެ މުހިންމުކަން ޚަތީބު އިސްކުރެއްވިއެވެ.

“ރަމަޟާން މަހަށް ތައްޔާރުވުމުގައި ހަމައެކަނި ގޭތެރެ ޒީނަތްތެރިކުރުމާއި، ފަރުނީޗަރު އައުކުރުމާއި، ކާބޯތަކެތި ގަނެ ރައްކާކުރުމަށް އެކަނި އަހައްމިއްޔަތުކަން ދިނުމުގެ ބަދަލުގައި، އެ މަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް އިސްކަންދޭންވާނެއެވެ،” ޚަތީބު ވިދާޅުވިއެވެ.

ވިޔަފާރިވެރިންނަށް އަމާޒުކުރައްވައި، ރަމަޟާން މަހަކީ ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މައްސަރަކަށް ހެދުމުގެ ބަދަލުގައި، އިންސާފުވެރި އަގުތަކެއްގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަ ހޯދުމަށް މަސައްކަތްކުރުމަށް ޚަތީބު އިލްތިމާސްކުރެއްވިއެވެ. އަދި މުވައްޒަފުންނަށް އަޅުކަން އަދާކުރުމަށް އެކަށީގެންވާ ފުރުޞަތު ދިނުމަށްވެސް އެ ބޭފުޅުން އެދިވަޑައިގަތެވެ.

ޚުޠުބާގައި ރަމަޟާން މަހުގެ މަތިވެރިކަމާއި، ރޯދައިގެ މުހިންމުކަމާއި، އެ މަހުގެ ދަރުމަ ހޯދުމަށް ކުރެވިދާނެ ޢަމަލުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން، ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ރޯދައިގެ ޝަރުޢީ ހުކުމްތައް ދަސްކުރުމާއި، ނަފްސު ތަހުޒީބުކުރުމާއި، ޤުރުއާން ކިޔެވުމާއި، ދުޢާކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ޚަތީބު ފާހަގަކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

zakat

ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވޭ: ޒަކާތު ހައުސް

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ

police

ރޯދަ މަހު ދުވާލު ކައިގެން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި

raees Office

މަރޗް 9 އިން ފެށިގެން ރަމަޟާންމަހުގެ ފަހުދިހަ ބަންދު