ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

އޭސީސީން އަނެއްކާވެސް ޕޮލްކޯއަށް ވަދެއްޖެ

332

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފުލުހުންގެ ފްލެޓްތަކުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އަށް އަނެއްކާވެސް ވަދެއްޖެއެވެ.

ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ ޕޮލްކޯ ފްލެޓްތަކުގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން އޭސީސީގެ ޓީމަކުން އަނެއްކާވެސް ޕޮލްކޯގެ އޮފީހަށް މިއަދު މެންދުރު ވަދެފައިވާ ކަމަށެވެ.

އެ މައްސަލާގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތަށް 354 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓެއްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ އެ މަޝްރޫގައި ނުގަވާއިދުން ކޮށްފައިވާ ކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހެޅުމަށް ވެސް އޮޑިޓް އޮފީހުން ލަފާދިނެވެ. ނަމަވެސް އެ ކޮމިޝަނުން މައްސަލަ ތަހުގީގު ކުރަނީ އަމިއްލަ އިސްނެގުމަށެވެ.

އޭސީސީން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދަނީ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ހިންގައި ނިންމުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

332

ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕޮލްކޯގެ ލިޔުންތައް ގެއްލިއްޖެ

TTH_advertisement