ކުއްލި ޚަބަރު

ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސްއެއް ހަދިޔާކޮށްފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

ރައީސް މައުމޫންގެ ނަމުގައި ފޮންޓެއް ނެރުއްވަނީ

Maiii

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ އަމިއްލަފުޅު ފޮންޓެއް އަންނަ ހުކުރު ދުވަހު ނެރުމަށް ހަމަޖެހިއްޖެ އެވެ.

މި ފޮންޓު ނެރެނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓަައިޕް ގުޅިގެންނެވެ. ފޮންޓް ނެރުމަށް ހަމަޖެހިފައިވަނީ އާޓް ގެލެރީގައި ހުކުރު ދުވަހުގެ ރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ފޮންޓަށް ނަން ދީފައި ވަނީ މައުމޫންގެ ނަންފުޅުން “މައުމޫން” މި ނަމެވެ. މި ފޮންޓް ނެރުމަށް ފަހު ފޮންޓް ދައްކާލުމަށް ހޮނިހިރު ދުވަހު މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މައުރަޒު އޮންނާނީ މާލެ އާޓް ގެލަރީގަ އެވެ. މަރުކަޒަށް އާންމުންނަށް ޒިޔާރަތް ކުރެވޭނެ އެވެ.

މައުރަޒު އާންމުންނަށް ހުޅުވާލާނީ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ.

ރައީސް މައުމޫނަކީ ވަރަށް މޮޅު ކެލެގްރާފަރެކެވެ. ދިވެހިންނާއި އަރަބީން ވަރަށް ރީތިކޮށް ލިޔުއްވަ އެވެ. މާލޭގެ ބޮޑު މިސްކިތް — އިސްލާމީ މަރުކަަޒުގެ މިހުރާބު

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޚަބަރު ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ރައީސް މަޢުމޫނަށް އަރުވައިފި

TTH_advertisement