ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފި

Fadec340 8ea4 4842 8ea9 B1b01db44b85 E1612892745318

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށްޓަކައި 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް އެ ސިޓީއަށް ގެންދެވިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން “އެކްސް” މެދުވެރިކޮށް ޙިއްޞާކުރި މަޢުލޫމާތުގައިވާ ގޮތުން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތުގެ ތެރެއިން 1.8 މެގަވޮޓުގެ އައު ޖެނެރޭޓަރެއް މިހާރު ވަނީ އެ ސިޓީއަށް ފޯރުކޮށްދެވިފައެވެ.

ފެނަކައިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވަނީ، އައްޑޫ ސިޓީގެ ހިތަދޫއާއި ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ކަރަންޓުގެއިން ޚިދުމަތްދެމުންދިޔަ ޖެނެރޭޓަރުތަކުގެ ތެރެއިން ތިން ޖެނެރޭޓަރަށް މައްސަލަ ދިމާވެ، އިތުރު އެއް ޖެނެރޭޓަރު މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެ ރަށްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ކުރިމަތިވެ، އެކި ވަގުތުތަކުގައި އެކި ސަރަޙައްދުތަކުން ކަރަންޓު ކެނޑެމުންދާތީ، އެކަމަށް އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ހަލާކުވެފައިވާ ޖެނެރޭޓަރުތަކުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ވަނީ ޚިދުމަތަށް ނެރެވިފައެވެ. އަދި ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ޚިދުމަތަށް ނެރެވޭނެއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުން ސްޕެއަރ ޕާޓްސް ގެނެސްގެން ތިންވަނަ ޖެނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތަށް ނެރެވޭނެ ކަމަށް ލަފާކުރެވެއެވެ.

ރަމަޟާން މަހަކީ ޚާއްޞަކޮށް ކޮންމެ އަހަރަކުވެސް ކަރަންޓުގެ ބޭނުންކުރުން އިތުރުވާ މަހެއް ކަމަށްވުމާއެކު، އަދި އައްޑޫގައި ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ކުރިއަށްދާއިރު ދުވަހުން ދުވަހަށް ކަރަންޓަށް ބޭނުންވާ މިންވަރު އިތުރުވަމުންދާތީ، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް