ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް އިން ރަމަޟާން މަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ޑޮލަރު ގަތުމުގެ ޚާއްޞަ އިންތިޒާމެއް ހަމަޖައްސައިފި

Aac52844 3735 4f58 8157 Ec9ec5bb40cf
TTH_Ads
STO_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަމަޟާން މަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ޑޮލަރު ގަތުމުގެ ޚާއްޞަ އިންތިޒާމެއް ހަމަޖައްސައިފިއެވެ.

މި އިންތިޒާމުގެ ދަށުން، މަސްޖިދުލް މަލިކް ސަލްމާން (ސަލްމާން މިސްކިތް) ގެ ކޮންފަރެންސް ހޯލު (5 ވަނަ ފަންގިފިލާ) އާއި ބީއެމްއެލް ހުޅުމާލެ ބްރާންޗް މެދުވެރިކޮށް ޑޮލަރު ގަތުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. މި ޚިދުމަތް ލިބިވަޑައިގަންނަވާނީ:

• 2025 ފެބުރުވަރީ 19 އިން 27 އަށް: ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް
• 2025 މާރިޗު 2 އިން 13 އަށް: ހެނދުނު 9:30 އިން 11:30 އަށް

HajjCop_ads
Advertisement

ޢުމްރާވެރިން މި ޚިދުމަތް ބޭނުންކުރެއްވުމުގައި ސަމާލުކަން ދެއްވުން އެދެވިގެންވާ މުހިންމު ނުކުތާތައް:

1. ކޮންމެ ޢުމްރާވެރިއަކަށް ގިނަވެގެން ވިއްކޭނީ 500 ޑޮލަރެވެ.
2. އެއްފަހަރާ ޑޮލަރު ގަނެވޭނީ 5 ޢުމްރާވެރިންނަށް ވުރެ ގިނަނުވާ ގޮތަށެވެ.
3. ޑޮލަރު ގަތުމަށް ފައިސާ ދެއްކެވޭނީ ބީއެމްއެލް ޑެބިޓް ކާޑުން ނުވަތަ ނަގުދު ފައިސާއިންނެވެ.
4. ޑޮލަރު ގަންނަވާއިރު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅުއްވަންވާނެއެވެ.
5. ޢުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަވާނަމަ، އެފަރާތެއްގެ އައިޑީ ކާޑުވެސް ހުށަހަޅުއްވަންވާނެއެވެ.
6. ޑޮލަރު ވިއްކޭނީ ހަމައެކަނި ޢުމްރާ ގްރޫޕްތަކުން ހުށަހަޅުއްވާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ.

އެހެނިހެން ޢުމްރާވެރިންނަށް ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކުރެއްވުމަށްފަހު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ޑޮލަރު ލިބިވަޑައިގަންނަވާނެއެވެ.

މި ޚާއްޞަ އިންތިޒާމުގެ ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ނުލިބޭނެއެވެ. އެހެންނަމަވެސް، މާލެ ސަރަޙައްދުން ބޭރުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް އެންމެ ކައިރީގައިވާ ބްރާންޗަކުން ޑޮލަރު ގަތުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލް އިން 300 މިލިއަން ޑޮލަރު ހޯދުމަށް ބައިނަލްއަޤްވާމީ އިންވެސްޓަރުންނާ ބައްދަލުކުރަނީ

BML

ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު ކާޑުން ވިޔަފާރިކުރުމުގައި ލިމިޓެއް ނެތް: ބީއެމްއެލް

bml

ބީއެމްއެލް އިން މާލީ ކުށްތަކާ ދެކޮޅަށް މުހިންމު ފިޔަވަޅެއް

WhatsApp Image 2026 05 03 at 15.42.27

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައިފި