ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑަބްލިޔުޑީސީ ތަކަށް މުސާރައާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

350143 F97e4d81 F
STO_Ads
TTH_Ads
Advertisement

ޑަބްލިޔުޑީސީ އަށް ރަސްމީ މުސާރައާއި ރަމަޟާން މަހުގެ އިނާޔަތް ލިބޭ ގޮތް ހެދުމަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅީ މެދު ދައިރާގެ މެންބަރު އަހުމަދު ޒަމީރެވެ. ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޑަބްލިޔުޑީސީތަކުގެ ދައުރު އިިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުވުން ކަމަށެވެ.

މި ބިލުގައި ހިމެނޭ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށް، ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި ކޮޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީން ފަދަ ކަންކަން ކައުންސިލްތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަމަޖައްސައި ދިނުމާބެހޭ އުސޫލުތައް ހިމެނެއެވެ.

HajjCop_ads
Advertisement

ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެ ފައިސާ ދޫކުރާނެ ގޮތްތަކާއި އެ ފައިސާ ކޮމިޓީތަކުން ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމުގެ އިތުރުން ކޮމިޓީތަކުގެ މެންބަރުންނަަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގެ އުސޫލުތައް ހިމެނުންވެސް މި އިސްލާހު ގެނައުމުގެ ބޭނުންތަކުގެ ތެރޭގައިި ހިމެނެއެވެ.

ގާނޫނުގެ 6-56 މާއްދާގެ (މ) ގައި މިހާރު ބުނަނީ، އެލްޖީއޭގެ ލަފާގެ މަތިން ޑަބްލިޔުޑީސީގެ މެންބަރުންނަށް ފިނޭންސް މިނިސްޓްރީން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެ ކަމަށެވެ. ނަމަވެސް ރަމަޟާންމަހުގެ އިނާޔަތުގެ ވާހަކައެއް ގާނޫނަކު ނޯވެއެވެ.

މި މާއްދާއަށް ގެންނަން ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް، އެލްޖީއޭގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެ ކަމަށެވެ. އަދި މި މައްދާގެ (ފ)ގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު، ރަމަޟާންމަހުގެ އިނާޔަތް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި މި މާއްދާގެ (ފ) އަށް ގެންނަ އިސްލާހެއްގެ ގޮތުގައި، ޑަބްލިޔުޑީސީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާންމަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާންް މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ސ ސާރިޔާ
އަންހެނުންގެ ކޮމެޓި ތަކަކީ އެއްވެސް ފައިސާއެއް ނުދީ ބޮޑު މަސައްކަތް ކުރުވާބައެއް އެމީހުންނަށް ވެސް ފައިސާ ލިބުން އެއީ އެއްމެ ރަގަލު ގޮތް، މުއިޒް ގެ ރަގަޅު ނިންމެވުމެއް ތިޔައީ
I Inaya
Anhenunge cometteeyee kiyaagen ehkameves kuraabeyenun ee then vakibaya denyaa vara Gina jamuiyaatakaves deenvee mussaarayaa inasyaa bayakah laarigandu. Deevegekuraakameh
ޝ ޝަޒުރާ
ބަލަ އިނާއާ ފިރިހެނުންނަށް ލިބޭވަރު މަދިީތަ؟ އެކަމަކު އަންހެނަކަށް އެއްޗެއްލިބެންޖާ ހުއްޓުވަންޖެހޭތަ؟
I Inaya
Inssafu verikameh notebook time anhenunge kometee ee kiyaagen ehmeehunna mussaarayaa inaaya denyaa firihenunge kometee Alves jeheene musasrayaa inaayadeen

ގުޅުންހުރި

43

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރާމިޒު އަވަހާރަވެއްޖެ

ސައުދީ ކިންގްސް ކަޕްގެ ޗެމްޕިއަންކަން އަލް ހިލާލް އިން ހޯދައިފި

ކުރިއަށް އޮތް 5 ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މެޓް އޮފީސް

ފުޓްސަލް ކުރިއެރުވުމަށް އެފްއޭއެމްއިން ކްލަބް މޯލްޑިވްސްއާއެކު އެއްބަސްވުމަކަށް