ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދައިގެ ކުރިން އައްޑޫގެ ކަރަންޓް މައްސަލަ ހައްލުކުރަނީ

Hiii

އައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށުގެ ކަރަންޓު މައްސަލަ ރޯދައިގެ ކުރިން ހައްލުކުރާނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަނުން ދީފިއެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވަޓްގެ ޖެނެރޭޓަރު ސެޓެއް އައްޑޫއަށް ގެންދަން ލޭންޑިން ކްރާފްޓަށް މިހާރު އަރުވާފައިވާ ކަމަށެވެ.

މީގެއިތުރުން ހަލާކުވެފައިވާ ތިން ޖެނެރޭޓަރުގެ ތެރެއިން އެކަތި މަރާމާތުކޮށް މިހާރު ހިންގަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަލާކުވި ތިން ޖެނެރޭޓަރުގެ ތެރެއިން ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފުތާ ތެރޭގައި ހިންގަން ފެށޭނެ ކަމަށެވެ. އަދި ތިންވަނަ ޖެނެރޭޓަރަށް ބޭނުންވާ ސްޕެއާ ރާއްޖެއިން ބޭރުން ލިބުމުން، ކުރިއަށް އޮތް ހަފުތާ ނިމުމުގެ ކުރިން އެކަން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިގުލައިގެން ގޮސްފައިވާ އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް