ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު، އެ ގައުމުގެ ރައީސަށް ފަތްކޮޅު އަރުއްވައިފި

Ssafeer

ރާއްޖޭން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އައިޝަތު އަޒީމާ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމުއަށް މިއަދު އަރުއްވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު “ރާސްތްރަޕަތީ ބަވަން”ގައެވެ.

އެގޮތުން، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، އިންޑިއާގެ ރައީސް ވަނީ ސަފީރު އަޒީމާއަށް ހޫނު މަރުހަބާއެއް ދަންނަވައި ތަހުނިޔާ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި އަޒީމާ، ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ރައްޔިތުންގެ ފަރާތުން ހެޔޮ އެދުންތަކާއި ތަހުނިޔާ، އިންޑިއާގެ ރައީސްއަށާއި ރައްޔިތުންނަށް ރައްދުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ކުރިއެރުމަށް އިންޑިއާ އިން ދެއްވަމުން ގެންދާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ސަފީރު ޝުކުރު އަދާކުރެއްވިއެވެ.

އޭގެއިތުރުން، ރާއްޖެއާއި އިންޑިއާއާ ދެމެދުއޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުއްވާލައި މިގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން އެކަމަނާ ފާހަަގަކުރެއްވިއެެވެ.

މި އަހަރަކީ ރާއްޖެއާއި އިންޑިއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ. އަދި، އިންޑިއާ ހިމެނެނީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަދާ އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައިފި

Mussss

އިންޑިއާއިން ދޭ 20 ސްކޮލާޝޮޕަށް ކުރިމަތިލާން ހުޅުވާލައިފި

އިންޑިއާ އިން އެހީގެ ގޮތުގައި މިއަހަރު ރާއްޖެއަށް ކަނޑައެޅީ 59 މިލިއަން ޑޮލަރު

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިވާނަން: އިންޑިއާ