ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަޢުދީ ތަޖުރިބާ ދަތުރުގެ ބައިވެރިން މަދީނާ އިސްލާމީ ޔުނިވަރސިޓީއަށް ޒިޔާރަތްކޮށްފި

Img 8834 1536x1024

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތު (ވަމީ) ގުޅިގެން ކުރިއަށްގެންދާ ސަޢުދީ ތަޖުރިބާ ދަތުރުގެ ބައިވެރިން، އިސްލާމީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒުކަމަށްވާ މަދީނާ އިސްލާމީ ޔުނިވަރސިޓީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގައި ބައިވެރިންވަނީ ޔުނިވަރސިޓީގެ ތަޢުލީމީ އަދި އިދާރީ ހިންގުން ބަލައިލުމުގެ އިތުރުން، ޔުނިވަރސިޓީގެ މިސްކިތަށްވެސް ޒިޔާރަތްކޮށްފައެވެ. އަދި މީގެ އިތުރުން، އިސްލާމީ ތާރީޚުގައި މުހިންމު މަޤާމެއް ޙާޞިލުކޮށްފައިވާ މަސްޖިދުއްނަބަވީއަށާއި، މަދީނާގެ އެހެނިހެން އިސްލާމީ ތަރިކައިގެ ތަންތަނަށްވެސް ޒިޔާރަތްކޮށްފައިވެއެވެ. މިގޮތުން ޤުބާ މިސްކިތަށާއި، އުޙުދު ހަނގުރާމައިގެ މައިދާނުގެ އިތުރުން މަދީނާގައި ހުންނަ އިސްލާމީ މައުރަޒަށް ޒިޔާރަތްކޮށް، ނަބިއްޔާގެ ޙަޔާތްޕުޅާ ގުޅޭ ތާރީޚީ މަޢުލޫމާތާއި، މަސްޖިދުއްނަބަވީއަށް އައިސްފައިވާ ތަރައްޤީގެ ބަދަލުތަކާ ބެހޭ މަޢުލޫމާތު ބައިވެރިންވަނީ އެއްކުރައްވާފައެވެ.

މި މަހުގެ 14 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި ދިވެހިރާއްޖޭގެ އެކި މަތީ ތަޢުލީމީ މަރުކަޒުތަކުގެ ދަރިވަރުންގެ ޖަމްޢިއްޔާތަކާއި، ތަފާތު ކޮލެޖުތަކާއި ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން، ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންވެސް ބައިވެރިވެފައިވެއެވެ.

މި ދަތުރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ ދަތުރެއްކަން ޚާއްޞަކޮށް ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ