ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒާހިދު އީސީގެ ރައީސްކަމަށް، ނައިބު ރައީސްކަމަށް ސަލާހް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

B Noievcqoquyh3xvbcfsxesism

އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޒާހިރު އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވޯޓުންނެވެ. އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަންކުރަން ފެންނަކަމަށް ވޯޓުދެއްވީ 69 މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް މިދިޔަ އަހަރު ގެންނެވި އިޞްލާހުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ހޮވަނީ އެކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އައު އިޞްލާހުގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވެސް ނިންމެވީ އެ ދެމަޤާމަށް އެބޭފުޅުން އައްޔަންކުރުމަށް ފެންނަކަމަށެވެ.

މުޙައްމަދު ޒާހިދާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 26ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނަކީ 7 އޮގަސްޓް 2008ން ފެށިގެން އަމަލުކުރަން ފެށި ޤާނޫނުއަސާސީގެ ދަށުން އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ. މިއީ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި ސިޔާސީ ޕާޓީތައް ރަޖިސްޓަރީކޮށް، ޤާނޫނުގެ ދަށުން ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމަށް އުފައްދަވާފައިވާ މުއައްސަސާއެކެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިވަގުތު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ޑރ. މުޙައްމަދު ޒާހިރާއި، މެންބަރު ޙަސަން ޒަކަރިއްޔާއާއި، މެންބަރު ޢަބްދުލްހަސީބް އިސްމާޢީލާއި، މެންބަރު މުޙައްމަދު ޒާހިދު އަދި މެންބަރު ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި