ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމީ މަރުކަޒުގައި ރަމަޟާން މަހު ތަރާވީޙް ނަމާދުގެ އިމާމުކަން ކުރުމަށް ޒުވާން ދެ ޙާފިޡުން ހަމަޖެހިއްޖެ

426a4366 Aa67 4b54 9ec0 F2a3509165e7 1536x1024

އިސްލާމީ މަރުކަޒުގައި ރަމަޟާން މަހު ތަރާވީޙް ނަމާދުގެ އިމާމުކަން ކުރުމަށް ޒުވާން ދެ ޙާފިޡުން ހަމަޖެހިއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި ތަރާވީޙް ނަމާދުގެ އިމާމުކަން ކުރާ ބޭފުޅުންގެ ތެރޭގައި ޒުވާން ދެ ޙާފިޡުން ހިމެނިވަޑައިގަންނަވައެވެ.

މިނިސްޓްރީން މިއަދު ރޭ ވަނީ ރަމަޟާން މަހު އެ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނެ ބޭފުޅުންގެ ނަންފުޅުތައް އިޢުލާނު ކުރައްވާފައެވެ. މި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

1. މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޡު ސަލްމާން މުޙައްމަދު ލަޠީފް
2. އަލްޙާފިޡު އުވައިސް ބިން އިނާޒް
3. އަލްޙާފިޡު ޚިޟުރު ބިން ޢިމާދު
4. އައްޝައިޚު އަލްޙާފިޡު ސުލްޠާން މުޙައްމަދު ލަޠީފް

މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، އައްޝައިޚު އަލްޙާފިޡު ސުލްޠާން މުޙައްމަދު ލަޠީފް އިމާމުކަން ކުރައްވާނީ ފަހު ދިހައިގައެވެ. އަދި ފަހު ދިހައިގެ ދަމު ނަމާދުގެ އިމާމުކަން ކުރައްވާނީ އައްޝައިޚު އަލްޙާފިޡު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޡު ސުލްޠާން މުޙައްމަދު ލަޠީފެވެ.

ޒުވާން ޙާފިޡުންގެ ތެރެއިން އަލްޙާފިޡު އުވައިސް ބިން އިނާޒަކީ 16 އަހަރުގެ އުމުރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި ބޭފުޅެކެވެ. މި އަހަރު އޭނާއަށް 17 އަހަރު ފުރިވަޑައިގަންނަވާނެއެވެ. އަދި އަލްޙާފިޡު ޚިޟުރު ބިން ޢިމާދަކީ 10 އަހަރުގެ އުމުރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި ބޭފުޅެކެވެ. މި އަހަރު އޭނާއަށް 18 އަހަރު ފުރިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީން ވިދާޅުވީ، “އަޅުގަނޑުމެންގެ އަމާޒަކީ މުސްތަޤުބަލުގައި މި ޤައުމު ފަޚުރުވެރިވާފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުތަކެއް އުފެއްދުމެވެ.”

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

zakat

ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވޭ: ޒަކާތު ހައުސް

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ

police

ރޯދަ މަހު ދުވާލު ކައިގެން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި

raees Office

މަރޗް 9 އިން ފެށިގެން ރަމަޟާންމަހުގެ ފަހުދިހަ ބަންދު