އަލް އަސްރު ޖަމާޢަތުން އިންތިޒާމްކޮށްގެން “ފުރުޞަތު” ގެ ނަމުގައި ޑރ. އާދަމް ޝަމީމްގެ ދަރުހެއް އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވާގޮތަށް އެޖަމާއަތުން ހަމަޖައްސައިފިއެވެ.
ޑރ. ޝަމީމްގެ “ފުރުޞަތު” ދަރުސް އޮންނާނީ ހުކުރު ދުވަހުގެ ރޭ 20:30 ގައި ހުޅުމާލެ ދެވަނަ ފިޔަަވަހީގެ ރުއްގަނޑު 3 ސަރަހައްދުގައެވެ.
މި ދަރުހަކީ އަލް އަސްރުން އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ބާއްވާ ދަރުހެކެވެ.
ދާދިފަހުން ވެސް ޑރ. އާދަމް ޝަމީމް ވަނީ “ކަލަކުވޭ ބިރުވެތިވޭ” މި މަޢުލޫއަށް ދަރުހެއް ބާއްވައިފައެވެ.
މިދަރުސް އަޑު އެހުމަށް ވީހާސް ގިނަބޭފުޅުން ކަނބަލުން ވަޑައިގެންނެމަކީ އަލް އަސްރު ޖަމާޢަތުން އެދޭ އެދުމެކެއެވެ.
ކިޔުންތެރިންގެ ހިޔާލު