ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން

Ttmmvt Feature Photo 28 672x428

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 3 ލައްކައިން މައްޗަށް އަރައި، 9.7% ގެ ކުރިއެރުމެއް ފެނިއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 303,447 އަށް އަރާފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.7% ގެ އިތުރުވުމެކެވެ. މި ވަގުތު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 7,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް (69.4%) ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 25.6% ގެސްޓްހައުސްތަކުގައި ތިބިއިރު، 2.6% ހޮޓާތަކުގައި މަޑުކޮށްފައިވެއެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އޭގެ ފަހަތުން ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީވިލާތް އަދި ޖަރުމަނުވިލާތް ހިމެނެއެވެ.

މި ވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް 1,134 ތަނެއް ހުޅުވިފައިވާއިރު، ޖުމްލަ 60,995 އެނދު ލިބެން ހުރިކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވާ ފަތުރުވެރިކަމުގެ ބޮޑު ހަރަކާތެއް އިންޑިއާގައި ބާއްވަނީ

Iu

ނުވަ ކްރޫޒްލައިނާ އަކުން 15،000އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި

ފަތުރުވެރިކަން އިޝްތިހާރު ކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ އައިޓީބީ ބާލިން ފަށައިފި