ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައްޖު ކޯޕަރޭޝަނުގެ “މުވައްޒަފުންގެ ސްކީމް”ގައި އީސީން ބައިވެރިވެއްޖެ

Assw

ހައްޖާއި އުމްރާ އަށް ދިޔުމަށް ފައިސާ ރައްކާ ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ “މުވައްޒަފުންގެ ސްކީމް”ގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެ، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

އީސީގެ މައި އިދާރާގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެ ކޮމިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނައިސްއެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.

މި ސްކީމްގައި ބައިވެރިވާ މުވައްޒަފުން ހައްޖާއި އުމްރާއަށް ދިއުމަށް ކޮންމެ މަހަކުވެސް މުސާރައިން ވަކި އަދަދެއް ކަނޑާނެއެވެ. މި ސްކީމަށް މުސާރައިން ކަނޑާ އަދަދު ކަނޑައަޅާނީ އެ މުވައްޒަފެކެވެ.

ސަރުކާރުގެ ގިނަ އިދާރާތަކުން އަންނަނީ ހައްޖު ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ “މުވައްޒަފުންގެ ސްކީމް”ގައި ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MD Shakeel

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީން: ޝަކީލް

Ui

ދިވެހި ހައްޖާޖީން ތިބުމަށް ހަމަޖެހިފައިވާ މިނާ ޓެންޓުތަކުގައި 60 ފާހާނާ ބަހައްޓަނީ

umra

އެކި ސަބަބުތައް ދިމާވެގެން ނުފުރުނު އުމްރާވެރިން ސައުދި އަރަބިއްޔާއަށް ހިނގައްޖެ

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ