ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 25 ބިދޭސީއަކު އަތުލައިގެންފި

މާލެ ސަރަހައްދުގައި މަސް ދަޅު ކޭސް ބަހަން ފަށަނީ އަންނަ ހަފުތާގައި

2833

ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމާފައިވާ މަސްދަޅު ކޭސް، އަންނަ ހަފުތާގެ ބްރާސްފަތި ދުވަހުން ފެށިގެން ދޫކުރަން ފަށާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފިއެވެ.

އެސްޓިއޯއިން ބުނިގޮތުގައި މާލެ ސަރަހައްދުގައި މި މަސައްކަތް ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ދޫކުރާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން، މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ޖުމްލަ 5 މަރުކަޒެއް ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި މާލޭގައި 2 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 2 މަރުކަޒު ހިމެނެއެވެ. ކޮންމެ ގޭބިސީއަކަށް ދެވޭނީ 180 ގްރާމުގެ ތެޔޮމަހުގެ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއްކަމަށް އެސްޓިއޯއިން ބުނެއެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތައް:

  • މާލެ: މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް
  • ވިލިމާލެ: ވިލިމާލޭ ކައުންސިލް އޮފީސް
  • ހުޅުމާލެ ފޭސް-1 : އުމަރު ޒާހިރު ބިލްޑިންގ
  • ހުޅުމާލެ ފޭސް-2 : ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

އަތޮޅުތަކަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯއިން މިހާރު ވަނީ ފޮނުވަން ފަށާފައެވެ. ރަށްރަށުގައި މި މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ. މަސްދަޅު ކޭސް ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bml

ބޭސްފަރުވާއަށް ބޭރަށް ފުރާ ބަލިމީހުންނަށް މީގެފަހުން 2،000 ޑޮލަރު ވިއްކާނެ: ބީއެމްއެލް

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ނިއުޔޯކް ޑެކްލެރޭޝަނަކީ ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ފާޅުކަން ބޮޑު ހެއްކެއް: ރައީސް

އޭދަފުށީގެ 14 އަހަރުން ދަށުގެ ޓީމަކުން ލަންކާވީ ސީރީޒް ކަޕް ދެވަނަ ހޯދައިފި

TTH_advertisement ELL Mobile Advertisement