ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންނަށް ލިބޭނެ

Big D4aafwn8hyx9ccxujdqeysreo

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ނެރުއްވި ސަރކިއުލަރއެއްގައި، މި އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންނަށް ދޫކުރުމަށް އަންގަވާފައިވެއެވެ. މި ނިންމުމާ އެއްގޮތަށް، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ 3،000 ރުފިޔާ ދޫކުރެވޭނެއެވެ.

އިނާޔަތުގެ ފައިސާ ދޫކުރުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ނުކުތާތައް:

1. ކުންފުނިތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް މަޢުލޫމާތު އަޕްލޯޑްކޮށް ޕޯސްޓްކުރަންވާނެއެވެ.

2. އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ އަސާސީ ވަޒީފާ އަދާކުރާ އޮފީހުން އެކަންޏެވެ.

3. ރަމަޟާން މަސް ފެށޭއިރު “ޕޭ ލީވް” ނުވަތަ “ނޯ ޕޭ ލީވް” ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތް ނުލިބޭނެއެވެ. ނަމަވެސް، މި ފަދަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި ވަޒީފާއަށް ނުކުމެއްޖެނަމަ، އެ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދަށް އިނާޔަތުގެ ފައިސާ ދެވޭނެއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 1 ވަނަ ދުވަސް ކަމަށް ކަލަންޑަރުގައި ފާހަގަކޮށްފައިވާކަން ފާހަގަކުރަމެވެ. މި ނިންމުމަކީ މުވައްޒަފުންނަށް ރަމަޟާން މަހުގެ ޚަރަދުތަކަށް ތައްޔާރުވުމަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ކަމެއް ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

ފޯޅަވަހި “ޑީލު” ދިވެހި ސަރުކާރުން ބަލައިނުގަނޭ