ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލެކްޝަންސް ކޮމިޝަންގެ އިސް މަޤާމުތަކަށް އައު ބޭފުޅުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި

388523 6033b515 7 1200x800

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް ޢައކަމަށް ޢައްޔަންކުރެއްވުމަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

އީސީގެ ރައީސްކަމަށް ހުށަހަޅުއްވާފައިވަނީ އެ ކޮމިޝަންގެ މެންބަރު މުޙައްމަދު ޒާހިދު (ދަފްތަރު ނަންބަރު ރސ 1548) ގެ ނަންފުޅެވެ. އަދި ނައިބު ރައީސްކަމަށް ހުށަހަޅުއްވާފައިވަނީ ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު (ރޯޒް/ކ.ހުރާ) ގެ ނަންފުޅެވެ.

މި ދެ ބޭފުޅުން އީސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ވޭތުވެދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މި މަޤާމުތައް ހުސްވެފައިވަނީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ޢަބްދުއްސަލާމާއި، މެންބަރު ޠާހާ މުޙައްމަދު އަމިއްލައަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މުޙައްމަދު ޒާހިދަކީ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ ނައިބު ރައީސްކަމާއި، ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދަކީ އީސީގެ ސެކްރެޓަރީ ޖެނެރަލްކަމާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި