ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

އައްޑޫ ސިޓީގައި މާދަމާއިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ: އިމިގުރޭޝަން

338602 3 B4d4ad988a695aac290cda0d5cab5cf4a5944d11 Medium

މޯލްޑިވްސް އިމިގްރޭޝަނުން ދެއްވާފައިވާ މަޢުލޫމާތާ އެއްގޮތަށް، އައްޑޫ ސިޓީގައި މާދަމާއިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާ ވާހަކަ އިޢުލާނުކޮށްފިއެވެ.

މި ޚިދުމަތަށް ނަންބަރު ދޫކުރެވޭނީ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށެވެ. މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ޚިދުމަތް ދެވޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެކެވެ.

މީގެ ކުރިން އައްޑޫ ސިޓީގައި ޕާސްޕޯޓު ދޫކުރަމުން ގެންދިޔައީ ހަމައެކަނި ރަސްމީ ދުވަސްތަކުގައެވެ. އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވެފައިވާ ގޮތުގައި، އައްޑޫ ސިޓީގައި ޢިމާރާތްކުރެވޭ އިމިގްރޭޝަން އޮފީހުގެ މަސައްކަތުގެ 65 އިންސައްތަ ވަނީ ނިމިފައެވެ. އަދި މި އަހަރުގެ ނިޔަލަށް މަސައްކަތް ނިންމައި، އެ އޮފީހުން ޚިދުމަތް ދޭން ފެށޭނެ ކަމަށް އުންމީދުކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ފައްޓަވާފައެވެ. މި މަސައްކަތުގެ ދަށުން، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އިޢުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭގައި 17 މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފި

immigration

މާސް ލީގަލައިޒޭޝަން ޕްރޮގްރާމް ޖަނަވަރީން ފެށިގެން 6 މަހަށް ހުޅުވާލާނެ

bideyseen

509 ބިދޭސީން ޑީޕޯޓްކޮށްފި

ހުޅުމާލޭގެ 4 ތަނެއް ބަލާފާސްކޮށް، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީއަކު ގެންގޮސްފި

TTH_advertisement