ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިހެއުމަށްފަހު މަންމައާއި ދަރިފުޅު ނިޔާވި މައްސަލަ ފުލުހުން ޖިނާއީ ތަޙުޤީޤެއް ފަށައިފި

Villingili Qiojmykmf34968yrsxz41ab2t6f0xwbpzbfcp1x5k2

ގއ. ވިލިނގިލީގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ވިހެއުމަށްފަހު މަންމައާއި ދަރިފުޅު ނިޔާވި މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ފުލުހުން ޖިނާއީ ތަޙުޤީޤެއް ފަށައިފިއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގު އާއި އޭނާގެ ތިންވަނަ ދަރިފުޅެވެ. މި މައްސަލައިގައި އިހުމާލުވެފައިވާ ފަރާތްތަކެއް ވޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ފުލުހުންނަށް އަންގާފައިވާކަން ހޯމް މިނިސްޓަރު އަލީ އިހުސާން ހާމަކުރައްވާފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތަކާމެދު ސުވާލު އުފެދި، އެންމެ އެކަށީގެންވާ ފަރުވާ ލިބެމުން ނުދާކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުން ގެންދެއެވެ. މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވާކަމަށް ބުނެ، ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.

ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު މައްސަލަ ބަލަމުންދާކަން މުޅިރާއްޖެ އަށް ކަށަވަރުކޮށްދެއްވާފައިވާއިރު، މި ވަގުތު އިތުރު ތަފްސީލު ހިއްސާކުރެވެން ނެތްކަމަށް ވިދާޅުވެފައިވެއެވެ. މި ހާދިސާގެ ތަޙުޤީޤު ކުރިއަށްދާއިރު، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި