ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރަކަށް ރިޝްވާން އައްޔަންކުރައްވައިފި

178654 3 319958a10ad4938a3cb8535047251648d9d4dc43 Medium

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި، ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާނު އައްޔަންކުރައްވައިފިއެވެ.

މާލޭ ވިޔަފާރި ބަނދަރު ހިންގާ، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ވަޖީހު އިބްރާހީމް މިދިޔަ އާދީއްތަ ދުވަހު ވަކިކުރެއްވުމާއި ގުޅިގެންނެވެ.

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި ރިޝްވާން މީގެ ކުރިން ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯކަން ކުރައްވާފައެވެ. ރިޝްވާން ވަނީ ސިފައިންގެ އަދި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާފައެވެ. އޭނާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުވެސް ފުރުއްވިއެވެ. އެ މަޤާމުން އިސްތިއުފާދެއްވާފައިވަނީ 12 ޖުލައި 2011 ގައެވެ.

ރިޝްވާން ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯއަކަށް ހުންނެވިއިރު އެތަނުގެ ކުރިއެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ސ ސާއިދު
މަރުހަބާ މަރުހަބަ އެމްޑީ
އ އިލްޔާސް
ތަންތަން މިލިޓަރީ ކޮށްގެން މިހާރު ރަގަޅުވާނީ ރަގަޅު ނިންމުމެއް ތިޔައީ އުތަ؟

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި