ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްވީޑަންގެ ސްކޫލް ކެމްޕަހެއްގައި ހިނގި ބަޑީގެ ހަމަލާއެއްގައި 6 މީހުން ޒަޚަމްވެއްޖެ

D78eea5e C091 4fa2 9738 Cce7519c00aa.jpg

ސްވީޑަންގެ ސްކޫލް ކެމްޕަހެއްގައި ހިނގި ބަޑި ހަމަލާއެއްގައި މަދުވެގެން 6 މީހުން ޒަޚަމްވެއްޖެއެވެ. އޭގެ ތެރެއިން އެކަކުގެ ހާލަތު ވަރަށް ކުރިޓިކަލް ކަމުގައި މައުލޫމާތު ލިބެއެވެ.

“އޮރެބްރޯގައި ހިނގި ބަޑި ހަމަލާއާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް އަދިވެސް ގިނަ މަޢުލޫމާތު ލިބެމުން އެބަދޭ”- ކުޑައިރުކޯޅެއްގެ ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މުހިންމު ތަފުސީލް:

– އޮރެބްރޯގެ ސްކޫލެއްގެ އެތެރޭގައި ބަޑި ޖެހުމުގެ ސަބަބުން ޒަޚަމްވި 5 މީހުން ވަނީ އިމަރޖެންސީ ޑިޕާޓްމަންޓަށް ގެންދެވިފައި – އޭގެ ތެރެއިން 4 މީހުންނަށް ވަނީ އޮޕަރޭޝަން ކުރެވި އަދި އެކަކުގެ ހާލަތު ދަނީ ކުރިޓިކަލް.
– ސްވީޑަންގެ ފުލުހުން ގަބޫލުކުރާ ގޮތުގައި ޒަޚަމްވި މީހުންގެ ތެރޭގައި ހަމަލާ ދިން ފިރިހެނާވެސް ހިމެނޭ.
– ސިއްޙީ ޑައިރެކްޓަރު ޖޯނަސް ކްލޭސަން ވިދާޅުވި ގޮތުގައި އިތުރު މީހުންވެސް ޒަޚަމްވެފައި ހުރެދާނެ؛ އަދި މިހާތަނަށް މަރުވެފައިވާ މީހަކު ހުރިކަން ނުވަތަ ނޫންކަން ފުލުހުންނަށް ނޭނގޭ.
– މެންދުރު 12:33 ގައި ދިން ބަޑީގެ ހަމަލާއަށް އިމަރޖެންސީ ޚިދުމަތްތަކުން އިޖާބަދިން އިރު، ފުރަތަމަ 6 ސްކޫލަކާއި ރެސްޓޯރަންޓެއް ވަނީ ބަންދުކުރެވިފައި.
– މިހާރު އެ ތަންތަނުން މީހުން ބޭރުކުރަން ފަށައިފި، ނަމަވެސް އެ ސަރަޙައްދުން ދުރުގައި ތިބުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައި.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ަ ަައަލީ
ކޮށްމެވެސް ހައްލެއް ތިކަމަށް ހޯދާކަށް ނުވޭތޯ. މީހުންގެ ފުރާނަ ވިއްޔާ ތިދަނީ

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު