ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާބައިދޫ ކައުންސިލް މެންބަރަކު ނިޔާވެއްޖެ

Whatsapp Image 2025 02 04 At 06.52.09
މެންބަރު އިސްމާއީލް ޝަފީއު މާބައިދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރާއެކު ނަގާފައިވާ ފޮޓޯއެއް

ލ. މާބައިދޫ ކައުންސިލް މެމްބަރު ހަސަން ޒަރީރު ނިޔާވެއްޖެއެވެ.

ކުއްލިގޮތަށް ޒަރީރު މިރޭ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އެ ރަށު ހެލްތު ޕޯސްޓަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު މައުލޫމާތުދެ އެވެ.

އިސްދޫ ދާއިރާގެ މަޖިލިސް މެމްބަރު އިސްމާއީލް ޝަފީއު ފޭސްބުކުގައި ލިޔުއްވި ގޮތުގައި ޒަރީރަކީ އޭނާގެ ގާތް އެކުވެރިއެކެވެ.

ޒަރީރު މިދުނިޔެއާ ވަކިވި ޚަބަރަކީ ގަބޫލުކުރަން ދަތިވި ނުހަނު އަސަރު ކުރުވި ޚަބަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ ސިޔާސީ ހަޔާތުގައި ވެސް ވަރަށް ގާތްކޮށް އުޅުއްވި ޒަރީރަކީ މާބައިދޫގެ ގިނަ ރައްޔިތުންގެ ލޯބި އަބަދުވެސް އޮންނަ ބޭފުޅެއް ކަމަށް މެންބަރު އިސްމާއީލް ޝަފީއު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

kulli khabaru

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުުވެއްޖެ

IMG 7176 1140x570

ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނަކު މަރުވެއްޖެ

kulli khabaru

މާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ