ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަބްދުއްރަހީމާއި ނާޒިލް ބައްދަލުކުރައްވައިފި

78

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ނާޒިލް ވިދާޅުވީ އެއީ މަޖިލީސް ހުޅުވާ ދުވަހުގެ ޖަލްސާ އާއި އާ ދައުރުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެކަން ފިޔަވައި އިތުރު ކަމަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ވާހަކަނުދެކެވޭ ކަމަށެވެ.

ފާހަގަކޮށްލެވޭގޮތުގައި އެ ދެ ބޭފުޅުން ބައްދަލުކޮށްފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް މުއިއްޒު ދާދިފަހުން ވަނީ އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ވެސް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ޕާކިސްތާނަށް ފުރާވަޑައިގެންފި

ފަތުރާ ދޮގު ހަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ: އަބްދުއްރަހީމް