ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަޒުލްގެ ގެއިން ފެނުނު ފައިސާ އަނބުރާ ހަވާލުކޮށްފި

381909 3 2d3e7a0eb49e77d4f0de615b53b99882bb1efb02 Medium

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ، ކަމާބެހޭ ފަރާތްތަކުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަނބުރާ އޭނާއާ ހަވާލުކޮށްފިއެވެ.

މި ފައިސާ ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައި ފާސްކުރިއިރުއެވެ. ފުލުހުން ވިދާޅުވެފައިވަނީ، މި ފައިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް ކުރެވެމުންދެއެވެ. މީގެ ތެރޭގައި ފަޒުލްގެ ބޭބެއާއި އިތުރު ބަޔަކަށް ބިންވެރިޔާ ސްކީމްގެ އުސޫލުގެ ބޭރުން ގޯތި ދޫކޮށްފައިވާކަމުގެ ތުހުމަތު ހިމެނެއެވެ. މި މައްސަލައިގެ ތަޙްޤީޤު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ކުރިއަށް ގެންދެއެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން، އެޗްޑީސީގެ ޗެއަރމަން ފިޔަވައި، ފަޒުލް ރަޝީދު ހިމެނޭގޮތަށް ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ވަނީ ސަސްޕެންޑް ކުރެވިފައެވެ. އަދި ފަޒުލް ރަޝީދާއި އިތުރު 19 މީހެއްގެ ޕާސްޕޯޓްވެސް ވަނީ ހިފެހެއްޓިފައެވެ. މި ތުހުމަތުތަކާ ގުޅިގެން ފަޒުލް ވަނީ މަޤާމުން އިސްތިއުފާ ދީފައެވެ. އަދި އެޗްޑީސީގެ އިތުރު ބައެއް މުވައްޒަފުންވެސް ވަނީ ވަޒީފާއިން ވަކިކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި