ކުއްލި ޚަބަރު

ސޯޝަލް މީޑިއާގައި ދައްކަނީ ދޮގު ވާހަކަ، އަންހެން މީހާ ވައްޓާނުލާކަން ކަށަވަރުވެއްޖެ

އަލްބަނީޒްގެ ވަރުގަދަ ރައްދު އެމެރިކާ އެމްބަސެޑަރަށް: އިންސާނީ އެހީ ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް!

ބޯހިޔާވަހިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

އީ-ފާސް ނިޒާމް ގާއިމް ކުރުމުން އެއްވެސް މީހަކަށް ނޭނގި ޕާޓީއަކަށް ދެން ނުވަދެވޭނެ: އީސީ

Big I7sa1dasum3cwgpnsvffkhcqw

އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވެވޭ ގޮތް ހެދުމުން ޕާޓީތަކަށް ރަޖިސްޓްރީވުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ލިބިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މި ބަދަލު ގެނައުމަށް ނިންމީ އޮޅުވާލައިގެން ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަތައް ގިނަވުމާ ގުޅިގެން އެ މައްސަލަ ޙައްލުކުރުމުގެ ގޮތުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ކަރުދާސް ފޯމެއް ފުރައިގެން ޕާޓީތަކަށް މީހުން ވެއްދޭގޮތަށް އޮތުމުގެ ސަބަބުން މީހާއަށް ނޭނގި ޕާޓީތަކަށް ވެއްދުމުގެ ފުރުޞަތު އޮންނަކަމަށެވެ. އޭގެބަދަލުގައި އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީއަށް ވަދެވޭގޮތް ހެދުމުން، ކޮންމެ މީހަކަށްވެސް ޕާޓީއަކަށް ވަދެވޭނީ އެމީހަކު އަމިއްލައަށް ވެރިފައިޑް އެކައުންޓަކުން ފުރާ ފޯމަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

“މީހަކު ސިޔާސީ ޕާޓީއަކަށް ވަންނަންވެގެން ފޯމެއް ފުރީމަ، އެހާހިސާބުން ޕާޓީއަށް ދާނީ ނޯޓިފިކޭޝަނެއް. ދެން ޕާޓީތަކުގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތެއްގެ މަތިން އެ މީހަކު ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުނުވާނަމަ ޕާޓީން އެޕްރޫވްކޮށްލީމަ އެކަން ނިމޭނެ.” ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

މި ނިޒާމް ތަޢާރަފުކުރުމާއެކު އެކަކު އެތައް ޕާޓީއެއްގައި އޮންނަ އޮތުންވެސް ނިމުމަކަށް އަންނާނެކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އީ-ފާސް ނިޒާމުގެތެރެއަށް ވެއްދުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ އެ ނިޒާމު ޓެސްޓުކުރުމުގެ މަރުހަލާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ނިންމާފައިވަނީ ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު، އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ކަރުދާސް ފޯމު ބަލައިގަތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްޓާލާފައެވެ.

ޙަސަން ޒަކަރިއްޔާ ވިދާޅުވީ އީ-ފާސް މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ އެކި ޚިދުމަތްތައް ލިބިގަތުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު އޮޅުވާލައިގެން މީހާއަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލައަށް ޖުމްލަ ހައްލެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އީ-ފާސްގެ ތެރެއިން އީސީގެ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް ވަރަށް ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިފައި. މިހާރު ކުރިއަށްދަނީ ޑިޒައިންކުރި ޕޯޓަލް ޓެސްޓްކުރުމުގެ މަސައްކަތް. ވަރަށް ގިނަ ރައްޔިތުން ބޭނުންކުރާނެތީ އޭގައި ހުރި އުނދަގޫތައް ފިލުވުމުގެ މަސައްކަތް ކުރިއަށްދަނީ.” ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

މި އައު ނިޒާމް ތަޢާރަފުކުރުމުން، ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގައި ދިމާވަމުން އައި ގިނަ މައްސަލަތަކަށް ހައްލު ލިބި، ޕާޓީތަކުގެ މެންބަރޝިޕް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އުންމީދު ކުރައްވައެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް އެ ކޮމިޝަނުން ދެކެއެވެ.

ސިޔާސީ ޕާޓީތަކުގެ ފަރާތުން މި ބަދަލަށް ތާއީދު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އަދި މި ނިޒާމް ފުރިހަމައަށް ތަންފީޒުކުރެވުމުން، ޕާޓީތަކުގެ މެންބަރޝިޕްގެ ސައްޙަކަން އިތުރުވެ، ޕާޓީތަކުގެ ހަރަކާތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

މި ބަދަލާ ގުޅިގެން ރައްޔިތުންނަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ރާވާފައެވެ. މީގެ ތެރޭގައި މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ފެތުރުމާއި، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ގައުމީ ސްވިމް ޓީމުގެ ހުނަރު ތަރައްގީ ކުރަން ބީއެމްއެލް އިން އެހީވަނީ

ކުދި ވިޔަފާރިއާއި ސިނާޢީ މަސައްކަތްތަކަށް އައްޑޫ މީދޫއިން 25 ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ވާރުތަވި ދަރަނިތައް އަދާކުރަމުން 2.2 ބިލިއަން ރުފިޔާގެ އަރަނިއަކަށް

ރައްޔިތުންގެ ޒާތީ މަޢުލޫމާތު ލީކުވުން ވާނީ ހުއްޓުވާފައި: އިހުސާން

TTH_Advertisement ELL Mobile Advertisement