ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިވޭ އެކްސިޑެންޓާއި ގުޅިގެން އަންހެނެއްގެ ލައިސަންސް ހިފަހައްޓައިފި

Viber Image 2024 05 20 11 48 45 443 E688e8491b

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބަންގްލަދޭޝްގެ ފިރިހެނަކު ނިޔާވުމާ ގުޅިގެން، އެ ހާދިސާއާ ގުޅުންހުރި ކަމަށް ބެލެވޭ 60 އަހަރުގެ ދިވެހި އަންހެނެއްގެ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުމަށްފަހު، އޭނާ ދުއްވި އުޅަނދު ބަންދުކޮށްފިއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 8:19 ހާއިރު، ހުޅުމާލެއިން މާލެއަށް އަންނަ މަގުގައި، ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައެވެ. މަސައްކަތުގެ ސަރަޙައްދު ފާހަގަކޮށް ބަހައްޓާފައިވާ ކޯނެއްގައި ސައިކަލެއް ޖެހުމާ ގުޅިގެން، ބަންގްލަދޭޝްގެ ފިރިހެނެއް މަގުމައްޗަށް ވެއްޓި، ފަހަތުން އައި އެހެން ސައިކަލެއް އޭނާގެ މަތިން ދުއްވާލާފައިވާކަމަށް ވަނީ ފާހަގަކުރެވިފައެވެ.

އެ ހާދިސާގައި އަނިޔާވި ފަރާތަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް، އެދުވަހުގެ 9:05 ހާއިރު ނިޔާވެފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ހާދިސާއާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކުރުމަށްފަހު، އޭނާގެ ލައިސަންސް ވަގުތީގޮތުން ހިފަހައްޓައި، އޭނާ ދުއްވި އުޅަނދު ބަންދުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވާފައިވެއެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށްދާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ