ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެންސަރަށް އެންމެ ބޮޑަށް މަގުފަހިކުރުވަނީ ދުންފަތް، ޢަޒުމް ކަނޑައަޅަންވީ އެ އާދައިން ދުރުވުމަށް: ރައީސް

389280 C2e2927f A

ކެންސަރު ބަލި ޖެހުމަށް އެންމެ ބޮޑަށް މަގުފަހިވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ކަމަށް ފާހަގަކުރައްވައި، މި ނުރައްކާތެރި އާދައިން ދުރުހެލިވުމަށް ރައްޔިތުންނަށް ގޮވާލައްވައިފި

ފެބްރުއަރީ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ކަމުގައިވާތީ، މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ މެސެޖެއް ދެއްވާފައެވެ. އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ކެންސަރު ބަލި ޖެހުމަށް އެންމެ ބޮޑަށް މަގުފަހިވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ކަމަށާއި، މި ނުރައްކާތެރި އާދައިން ދުރުހެލިވުމަށް ރައްޔިތުން ޢަޒުމް ކަނޑައަޅަންވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ ކެންސަރު ބަލިން ރައްކާތެރިވުމަށާއި، ބަލި ދުރާލާ ދެނެގަތުމަށާއި، އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފަރުވާ ލިބިދިނުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.

ދުންފަތުގެ ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުތައް ހިމެނެއެވެ. މި އިޞްލާޙުތަކުގެ ދަށުން ދުންފަތުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި އުފެއްދުން މަނާކުރެވި، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރެވިފައިވެއެވެ. އަދި ވޭޕް ބޭނުންކުރުންވެސް މަނާކުރެވިފައިވެއެވެ.

މި ފިޔަވަޅުތަކަކީ ކެންސަރުފަދަ ނުރައްކާތެރި ބަލިތަކުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ