ކުއްލި ޚަބަރު

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ތުޅާދޫ ހޮސްޕިޓަލްގެ މަސައްކަތް ބާރަށް ކުރިއަށް

Thu
ބ. ތުޅާދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު

ބ. ތުޅާދޫގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެ މަސައްކަތް ކުރިއަށްގެންދާ، އެމްޓީސީސީން ބުނެފިއެވެ.

ދައުލަތުގެ ބަޖެޓުން 114.50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާ އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 24 ޖުލައި 2023 ވަނަ ދުވަހުއެވެ. އޭގެފަހުން ވަކި ހިސާބަކުން މަސައްކަތް މިހާތަނަށް އޮތީ މެދުކެނޑިފައެވެ.

އެމްޓީސީސީން ބުނީ، މި ޕްރޮޖެކްޓްގައި މުޅި ހޮސްޕިޓަލުގެ ފައުންޑޭޝަނާއި ފުރަތަމަ ފަންގިފިލާގެ ތަނބުތަކާއި ޝީޓް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

މިވަގުތު ކުރިއަށްދަނީ ދެވަނަ ފަންގިފިލާގެ ޝީޓް އެޅުމުގެ މަސައްކަތްތަކެވެ. މި ހޮސްޕިޓަލަކީ ބ. އަތޮޅުގެ އިތުރުވަމުން އަންނަ އާބާދީއާއެކު، މިހާރު އޭދަފުށީގައި ހިންގާ އަތޮޅު ހޮސްޕިޓަލުގެ ބާރު ކުޑަކުރުމަށް އަޅާ ހޮސްޕިޓަލެކެވެ.

އެ ހޮސްޕިޓަލްގެ ހިދުމަތް ފެށުމާއެކު ތުޅާދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެގޮތް ފަހިވާނެއެވެ.

ތުޅާދުއަކީ ބ. އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. އެރަށުގައި 3000އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ތުޅާދޫ ހޮސްޕިޓަލްގެ ސަބަބުން އެއަތޮޅު ހިތާދޫ، ގޮއިދޫ އަދި ފެހެންދޫ ރައްޔިތުންނަށް ވެސް ސިއްހީ ހިދުމަތް ހޯދުމުގައި އެތަކެއް ފަސޭހަތަކެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Image 20

މުހިންމު އިސްލާހުތަކާއެކު ތުޅާދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން 11 ޖެނުއަރީގައި ހުޅުވާލަނީ

ތަރިކައިގެ ވަޒީރު ބ. ތުޅާދުއަށް

212

ޖަރުމަނުގައި ހިތާމަވެރި ހާދިސާއެއް ހިނގައި ދިވެއްސަކު ނިޔާވެއްޖެ

TTH_advertisement