ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްވެސް ސާޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާނެ

Large 158945938758b9nh

ހޮސްޕިޓަލުން އެއްވެސް ސާޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އައިޖީއެމްއެޗް އިން މިހެން ބުނެފައި މިވަނީ އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދާ ބައެއް ސާޖަރީތައް ހުއްޓާލާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަބަރުތަކާ ގުޅިގެންނެވެ.

އައިޖީއެމްއެޗްގެ އެކްސް އެކައުންޓްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ އެއްވެސް ސާޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް އެފަދަ ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބުންޏެވެ.

“ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޒިންމާދާރުކަމާ އެކު މައުލޫމާތު ފެތުރުމަށް ނަސޭހަތްތެރިވަމެވެ،” އައިޖީއެމްއެޗްގެ ޕޯސްޓްގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި