ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޖީއެމްއެޗް އިން ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ ވަގުތު އަވަސްކުރުމަށް ނިންމައިފި

Large 158945938758b9nh

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ ވަގުތު އަވަސްކުރުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބަދަލު ޢަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

އައު ބަދަލާ އެކު، ލެބޯޓްރީގެ ޚިދުމަތް ލިބެން ހުންނާނީ ހެނދުނު 7:30 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށެވެ. މީގެ ކުރިން މި ޚިދުމަތް ދެމުން ގެންދިޔައީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށެވެ.

އަދި ލެބޯޓްރީގެ ޚިދުމަތް ހޯއްދެވުމަށް ބޭނުންވާ ކިއު ނަންބަރު ދޫކުރުން ކުރިއަށް ގެންދާނީ ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށެވެ. މި ބަދަލާ އެކު، ކުރިއާ އަޅާބަލާއިރު ޚިދުމަތް ފެށުމުގެ ވަގުތު 30 މިނެޓު އަވަސްވާނެއެވެ.

އައިޖީއެމްއެޗުން ފާހަގަކުރައްވާފައިވާ ގޮތުގައި، މި ބަދަލަކީ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ބަލިމީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ގެނެވުނު ބަދަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

778

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

Mm

ދީނީ އިލްމުވެރިޔާ އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

Adheel

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އައިޖީއެމްއެޗުން އިލްތިމާސްކޮށްފި