ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

High Wa
ހުޅުމާލެ ހައިވޭ

މިއަދު ހެނދުނު ހުޅުމާލެއާއި މާލެ ގުޅައިލަދޭ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގައިފައިވަނީ މިއަދު ހެނދުނު 8:19 ހާއިރު ހުޅުމާލެއިން މާލެއަށް އަންނަ ހައިވޭގައި ހުންނަ ސޯލާޕެނަލްތައްކައިރިން ކަމަށެވެ.

ސައިކަލުގައި ދުއްވައިފައި ދިޔަ އެ މީހާ ޖެހުނީ އެ ތަނުގައި މަސައްކަތްކުރާކަން އަންގައިދިނުމަށް ބަހައްޓައިފައިވާ ކޯނެއްގަވެ.

އެ މީހާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ 9:05 ހާއިރުއެވެ. ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

އެކްސިޑެންޓިވި ފަހުން އެ ސަރަހައްދުން ދަތުރުކުރި މީހަކު ފޭސްބުކުގައި ލިޔެފައިވާގޮތުގައި އެވަގުތު އެތަނުގައި ލޭގެ ކޯރެއް ދެމިފައި އޮތް ކަމަށެވެ.

“ކޯނެއްގައި ޖެހިގެން މަރުވިކަމަށް ބުންޏަސް ބޮޑަށް ލަފާކުރެވެނީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ކޯނުތައް ފެނި އެކްސިޑެންޓްވީ ކަމުގައެވެ،” އޭނާ ލިޔެފައިވެއެވެ.

ހައިވޭގައި ކޯނު ބަހައްޓާނަމަ އެއާ ކައިރިއަށް ދިޔުމުގެކުރިން އެކަން އެނގޭގޮތެއް އޮތުން މުހިންމު ކަމަށް އެ މީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 07 at 00.18.07

ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކަށް ފަރުވާދެނީ

Laamu link road

ލާމު ލިންކުގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެެއްޖެ

1577448047large

ބްރިޖު ލައިޓްކައިރީގައި އެކްސިޑެންޓެއް ހިނގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

778

އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ