ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ކުންފުނިތަކުގެ އިސްވެރިންގެ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ އަދަދު 90,000 ރުފިޔާއަށްވުރެ އިތުރުނުވާނެ ގޮތަށް ހަމަޖައްސަވައިފި

Big Gubftzzyidhqzwx9oayk9dwxv

މިހާރުގެ އިޤްތިޞާދީ ހާލަތަށް ރިޢާޔަތްކޮށް، ދައުލަތުގެ ޚަރަދުތައް ހަރުދަނާކުރުމުގެ މަސައްކަތުގެ ތަތުގެ ތެރެއިން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައު އުސޫލުތަކެއް އިޢުލާނުކޮށްފިއެވެ. މި އުސޫލުތަކުގެ ދަށުން، މިއަހަރުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ އަދަދު 90,000 ރުފިޔާއަށްވުރެ އިތުރުނުވާނެ ގޮތަށް ހަމަޖައްސަވާފައިވެއެވެ.

މި އުސޫލުތައް ތަންފީޒުކުރެވޭނީ ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ އެންމެހައި ކުންފުނިތަކަށެވެ. ނަމަވެސް، ކުންފުނިތަކުގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުންނާއި ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން މި އުސޫލުތަކުން އިސްތިސްނާވާނެއެވެ. އަދި މި އުސޫލުތަކާ އެއްގޮތަށް މުވައްޒަފުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުންފުނިތަކަށް އަންގަވާފައިވެއެވެ.

މި ފިޔަވަޅުތަކަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެކެވެ. މީގެ ކުރިން ވެސް ސަރުކާރުން ވަނީ ސިޔާސީ މުވައްޒަފުންނާއި، ދައުލަތުގެ ތިން ބާރުގެ އިސްވެރިންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ނިންމަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނިންމަވާފައިވަނީ އެމަނިކުފާނުގެ މުސާރައިން 50 އިންސައްތަ ނުނެންގެވުމަށެވެ.

މި ފިޔަވަޅުތަކުގެ އިތުރުން، ސިޔާސީ މަޤާމުތަކުން 228 ބޭފުޅަކު ވަކިކުރެއްވުމުގެ ސަބަބުން މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މި އެންމެހައި ފިޔަވަޅުތަކަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، އިޤްތިޞާދީ ދުޅަހެޔޮކަން ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ވާރުތަވި ދަރަނިތައް އަދާކުރަމުން 2.2 ބިލިއަން ރުފިޔާގެ އަރަނިއަކަށް

65b32a5e6d603

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށް

TTH_advertisement