ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

Gigyephbaaax Nl

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ނައްތާލާފައިވަނީ 2185 ބްރޭންޑެޑް ފުޅިއާއި 213 ޕެޓް ފުޅި އަދި 2001 ދަޅު ބިޔަރުކަމަށެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 81 އައިޓަމް ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ދޫނިދޫގައި އިއްޔެ ނައްތާލި ބަނގުރަލަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރާގެ މައްސަލަތަކުގެ ތެރެއިން، ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާގެ އިތުރުން ކޭސްކޮށްފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެދަށުންކަމަށްވެސް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި