ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މެންޗެސްޓަރ ސިނގިރޭޓް ގާނޫނާ ޚިލާފަށް އެތެރެކުރި މައްސަލައެއް ތަޙްޤީޤުކުރަން ފަށައިފި

1035x593 Ai5jqu5tfsya5b90i0wp0eel908bqdyyu9lkrajh

ރާއްޖެއަށް މެންޗެސްޓަރ ސިނގިރޭޓް ގާނޫނާ ޚިލާފަށް އެތެރެކުރި މައްސަލައެއް ތަޙްޤީޤުކުރަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން މި މައްސަލަ ބަލަމުންދާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ބައިނަލްއަޤްވާމީ ދަތުރުކުރާ އުޅަނދެއް ކަމަށްވާ “އެމްޓީ ހޯކްސް ޖަވާހިރު” އިން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ތަޙްޤީޤަށް އެނގިފައިވާ ގޮތުގައި 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެއަށް އައި “އެމްޓީ ހޯކްސް ޖަވާހިރު” އިން މި ސިނގިރޭޓްތައް އުޅަނދުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވެއެވެ. އަދި 2024 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ދިވެހިރާއްޖެއަށް އެތެރެ ކޮށްފައިވާކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި މައްސަލައިގެ ތަޙްޤީޤު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށެވެ. އެއީ:

1. ކަސްޓަމްސްގެ ޤާނޫނު (ޤާނޫނު ނަންބަރު 08/2011) ގެ 97 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށް
2. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 10/2014) ގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގ ކުށް

ކަސްޓަމްސްއިން ޢާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހޯކްސް ބޯޓްޔާޑް ބަލައި ފާސްކުރުމުން އެތަނުގައި ހުރި އެކަމަޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓަރ ބްރޭންޑުގެ 1.69 މިލިއަން ސިނގިރޭޓު ސްޓިކްސް ފެނިފައިވެއެވެ. އެއީ 84،500 ފޮށި ނުވަތަ 8،475 ކާޓޫނެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް ބަލަމުންދާއިރު، އެ ކޮމިޓީއަށް ފުލުހުންނާއި، ހޯމް މިނިސްޓްރީއާއި، ކަސްޓަމްސް ހާޒިރުކޮށް ބޭއްވި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ޖަލްސާތަކެއްގެ ގޮތުގައެވެ.

ހޯކްސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މުވައްޒަފުން މަސައްކަތުން އެކަހެރިކޮށް، އެކަން ތަޙްޤީޤީ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ. އަދި ސިނގިރޭޓު އެތެރެކުރުމާއި ކުންފުނީގެ މެނޭޖްމަންޓާ އެއްވެސް ގުޅުމެއް ނެތްކަމަށް ހޯކްސް ކުންފުނިން ބުނެފައިވެއެވެ. އިތުރަށް، ފުލުހުން މި މައްސަލައިގައި ޢަމަލުކޮށްފައިވަނީ ޣައިރު ޒިންމާދާރު ގޮތަކަށް ކަމަށާއި، ކުންފުނީގެ ބޯޓްޔާޑަށް ގޮސް އެ ސަރަހައްދު އެންމެ ފުރަތަމަ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށްވެސް ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ފާޅުވެފައިވަނީ ސިނގިރޭޓާއި ބީޑީގެ އިމްޕޯޓު ޑިއުޓީ އިތުރުކުރުމަށް ސަރުކާރުން ނިންމި ދުވަސްވަރާ ދިމާކޮށެވެ. މިކަމުގެ ސަބަބުން، މި މައްސަލައަކީ ޢާންމުންގެ ސަމާލުކަން ބޮޑަށް ލިބިފައިވާ މައްސަލައެކެވެ.

މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، ކަމާބެހޭ އިދާރާތަކުން އަޅާ ފިޔަވަޅުތަކާއި ހޯދާ ހެކިތަކަށް ބިނާކޮށް، ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ކަމަށް ބެލެވެއެވެ. އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކަސްޓަމްސްގެ ބެލުމުގެ ދަށުން ރާއްޖެއަށް އެތެރެކުރެވޭ މުދާ ބަލައި ފާސްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން މި މައްސަލައިން ފާހަގަކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އިތުރު މަޢުލޫމާތު ހާމަކުރަމުންދާނެ ކަމަށް ބެލެވޭއިރު، ޢާންމު ރައްޔިތުންނަށް މި މައްސަލައިގެ ތަފްޞީލުތައް ލިބެމުންދާނެ ކަމަށް އުންމީދުކުރެވެއެވެ. މިފަދަ ބޮޑެތި މައްސަލަތަކުގައި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން އަޅާ ފިޔަވަޅުތަކަކީ ޤާނޫނާ އެއްގޮތަށް އަދި ހަރުދަނާ ގޮތެއްގައި އެޅޭ ފިޔަވަޅުތަކެަވަޅުތަކެއް ކަމުގައި ވުމަކީ މުޖުތަމަޢުގެ އިތުބާރު ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement