ކުއްލި ޚަބަރު

ފްލެޓް ހޯދަން އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން ނުޖެހޭ ގޮތް ހަދައިފި

ގެދޮރުވެރިޔާ ފުލެޓު އެއްބަސްވުންތަކުގައި އަންނަ ހޯމަ ދުވަހު ސޮއިކުރަން ފަށަނީ

މަސްތުވާތަކެއްޗާއެކު ފުލުހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި 

ކޮންމެ ވަޢުދެއްވަނީ ޕްލޭނެއް އޮވެގެން ކުރިއަށްގެންދާނެ ގޮތް ދެނެގަނެގެން: ރައީސް

Img 4877

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ވެވަޑައިގަންނަވާ ކޮންމެ ވަޢުދަކީވެސް ޕްލޭނެއް އޮވެގެން، އެކަމެއް ކުރިއަށްގެންދާނެ ގޮތް ދެނެގަނެގެން ވެވަޑައިގަންނަވާ ވަޢުދުތަކެއް ކަމަށެވެ. މިހެން ވިދާޅުވެފައިވަނީ ހދ. މުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާ ކޮންމެ ވަޢުދަކީވެސް، އެކަމެއް ފުއްދާނެގޮތުގެ ޕްލޭން ކުރެވި، ކުރިއަށްދާނެގޮތް ދެނެގަނެގެން ވެވަޑައިގަންނަވާ ވަޢުދުތަކެއްކަމަށާއި، އެކަންކަން ފުރިހަމަކުރާނެ ތަރުތީބު ސަރުކާރުގައި އެބައޮތްކަމަށެވެ.

ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންގެ ހާލަތު ދެނެގަނެ، ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެގޮތް ރައްޔިތުންނަށް ހާމަކޮށްދެއްވުން ކަމައްވުން ކަމަށެވެ.

ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންގެންދަވާތީ، ބައެއް ފަރާތްތަކުން އެއީ ޕްލޭނެއް ނެތި ވާ ވަޢުދެއްކަމަށް ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ހުރިހާ ކަމެއްވެސް ތަރުތީބުކުރެވިފައިވާކަމަށެވެ. މިދިޔަ އަހަރު މަޝްރޫޢުތައް ކުރިއަށް ނުގެންދެވުނީ އިޤްތިޞާދީ ކަންކަމަށް އިސްކަންދިނުމާއި ބަޖެޓުގެ ތާށިކަން އޮތުމުންކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ ކަންކަން ކުރެވޭނެގޮތް މަޝްވަރާކުަޝްވަރާކުރައްވައި، ކުރެވޭނެ ގޮތް ކަނޑައަޅުއްވައިގެން އަދި ތަފްސީލުކޮށް ކުރެވޭނެ ގޮތް ހަމަޖެހިގެން ދައްކަވާ ވާހަކަފުޅުތަކެއްކަމަށެވެ.

ރަށްރަށުގައި ހުއްޓިފައިވާ މަޝްރޫޢުތަކުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫޢުތައް ހުއްޓިފައި ހުރީ ފައިސާ ނުލިބުންފަދަ ކަންކަމުގައިކަމަށާއި، އެ ދަތިތައް ހައްލުވެ މިހާރު ކުރިއަށްދާނެ މަގުތައް ހޯދާފައިވާކަމަށެވެ.

މުރައިދޫގެ ބަނދަރުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފުރިހަމަކޮށްދެއްވާނެކަމަށާއި، ސިއްޙީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށާއި، ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެ ވަސީލަތްތައްވެސް ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތާއި އިންސާނީ ވަސީލަތްތައްވެސް ޤާއިމްކޮށްދެއްވާނެކަމަށެވެ. ތަޢުލީމީ ދާއިރާ ތަރައްޤީކުރައްވާނެ ޕްލޭނެއް ހެދުމުގެ މަސައްކަތްކުރިއަށްދާކަމަށާއި، ކޮންމެ ސްކޫލަކަށްވެސް ކްލާސްރޫމާއި ލެބޯޓްރީއާއި މަލްޓިޕާޕަސް ހޯލުފަދަ ކަންކަން ބޭނުންވާކަމަށް ފާހަގަކުރެއްވިއެވެ.

“އިރާދަކުރެއްވިއްޔ ރައްޔިތުން އެދޭގޮތަށް ބޭރު ތޮށީގެ މައްސަލަ ހައްލުކުރާނެ. އެމްޓީސީސީ އެއޮތީ މޮބިލައިޒްކުރެވިފައި. އެމްޓީސީސީ މިރަށުން ފައިބާނީ އެ މައްސަލަ ހައްލުކޮށްފައި” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން އެންމެ އެދޭކަންކަމަށް އިސްކަންދެއްވައިގެން ކަންކަންކުރާއިރު މެދުރާސްތާއާއި ދުރުރާސްތާގެ ޕްލޭނާއެކު ކުރިއަށްދާކަމަށާއި، ކޮންމެ ކަމެއްވެސް ކުރައްވަނީ ޕްލޭނަކާއެކުކަމަށެވެ.

“ދެން ފެނިގެންދާނީ އަޅުގަނޑުމެން ފާސްކުރި ބަޖެޓުގެ ތެރެއިން މަޝްރޫޢުތައް ފަށައިގަންނަތަން. ހުއްޓިފައިވާ މަޝްރޫޢުތަކާ އަލަށް ފަށާ މަޝްރޫޢުތައް ހިނގައިގަންނަތަން. މިއަހަރާ އަންނަ އަހަރު ފެންނާނީ މި ދެބާވަތުގެ މަޝްރޫޢުތައް ކުރިއަށްދާތަން” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވާއިރު ހުށަހަޅުއްވަނީ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށްކަމަށާއި، ރައްޔިތުންގެ އަޑުއައްސަވާލެއްވުމުން އެނގިވަޑައިގަންނަވަނީ އެކަންކަމުގައި ހުރި ހައްސާސްކަމާއި މުހިންމުކަންކަމަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހދ. އަތޮޅުގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ރަށްރަށުގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދަރިކަލުންގެ އަބުރަަށް އަރައިގަތްކަން ސާބިތުވާކަމަށް ކޯޓުން ހުކުމްކޮށްފި

ސުޕްރީމް ކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރަން ޖޭއެސްސީ އިން ނިންމަވައިފި

އިންޑިޔާގެ ބޮޑުވަޒީރު މޯދީ ޖުލައި 25 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އިތުރު ޚިދުމަތްތަކާއި ފަސޭހަތަކާއެކު އެމް.ޑަބްލިޔު.އެސް.ސީ މޯބައިލްއެޕް ޢާންމު ކޮށްފި

TTH_advertisement ELL Mobile Advertisement