ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ބީއެމްއެލް އިން އާންމު ހިއްސާދާރުން އިންތިޚާބުކުރާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

244009 3 8f6e0089432f52c9532a4eadadc652940cceb26a Medium

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ބޭންކުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން އޮންނާނީ ފެބްރުއަރީ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ. އަދި ރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން، މި މަޤާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.

މީގެ އިތުރުން، ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޕްރުޑެންޝިއަލް ރެގިއުލޭޝަންގެ “ފިޓް އެންޑް ޕްރޮޕަރ ރިކުއަރމެންޓްސް” ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާންޖެހޭނެ ކަމަށް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.

އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކޮންމެ ޑިރެކްޓަރަކީވެސް އެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ މުގެ ޤާބިލުކަން ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ޖުމްލަ 11 މެންބަރުން ހިމެނޭއިރު، އޭގެ ތެރޭގައި ސަރުކާރުން އައްޔަންކުރައްވާ 6 މެންބަރުންނާއި، ބީއެމްއެލްއިން އައްޔަންކުރާ 2 މެންބަރުންނާއި، އަދި އަމިއްލަ ހިއްސާދާރުން ތަމްސީލުކުރައްވާ 3 މެންބަރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement