ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ދެއްވަދޫއިން ގއ. އަތޮޅުގެ ފުޓްސަލް ތަށި އުފުލައިފި

475130140 10162082332889909 2920116657400495498 N
ގޯލްޑެން ފުޓްސަލް ޗެލެންޖް 2025ގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ބޮޑު ތަފާތަކުން ވިލިނގިލި ބަލިކޮށް ދެއްވަދޫއިން ހޯދައި، ފުޓްސަލްގައި އެ އަތޮޅުގެ ތަށި ދެއްވަދޫ އުފުލާފިއެވެ.

ބެންޖޯގެ ކޯޗުކަމުގައި މުބާރާތުގައި އެންމެ ތަފާތު ކުޅުމެއް ދައްކަމުން އައި ދެއްވަދޫއިން ތަށި ނެގީ 9-1 ލަނޑުން ވިލިނގިލި ބަލިކޮށްގެންނެވެ. މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

މުބާރާތުގެ މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދީ ދެއްވަދޫ ޓީމުންނެވެ. އެއީ އެ ޓީމުގެ ޖަރޒީ ނަންބަރު 20 އަހުނަފް ރަޝީދެވެ.

ފައިނަލް މެޗުގައި ދެއްވަދޫގެ ދެ ކުޅުންތެރިން ހެޓްރިކް ހެދިތަން ފެނިގެން ދިޔައެވެ. އަހުނަފް ރަޝީދު (އަހުއްކޮ) ހެޓްރިކެއް ހެދިއިރު އަނެއް ހެޓްރިކް ހެދީ ޝިފާޒް އަލީ (މަޓާ ތުއްތު) އެވެ. މީގެ އިތުރުން، ރާހިލް ރަޝީދު (ރާއްކޮ) ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ދެއްވަދޫ އަށް ޖަހައިދިނީ ނަސޫޙް ސަޢީދު (ނަސުއްޓެ) އެވެ.

ވިލިނގިލީގެ ސުން ކަނޑުވައިދިނީ ދެވަނަ ހާފުގައި އިބްރާހިމް ޒިމާން އަޙްމަދެވެ. ނަމަވެސް، މި އެންމެ ލަނޑުން ވިލިނގިލީގެ ޓީމަށް މެޗުގައި ވާދަކުރެވޭ ވަރެއް ނުވިއެވެ.

މި ކާމިޔާބީއާއެކު، ދެއްވަދޫ ޓީމުން ގއ. އަތޮޅުގެ ފުޓްސަލް ތަށި އުފުލާ، އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި ނަތީޖާއިން ދެއްވަދޫގެ ފުޓްސަލް ޓީމުގެ ހުނަރުވެރިކަމާއި ވަރުގަދަކަން ހާމަވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލީ
އެއްމެފަހުން ދެއްވަދޫއަށް ވެސް ތިކަންވެއްޖެ
މ މައުމޫން
ދެއްވަދޫ ޓީމުގެ ކުޅުން ވަރަށް މޮޅު މަރުހަބާ ހުރިހާކުދިންނަށް

ގުޅުންހުރި

MPL

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

ކަނޑުހުޅުދޫ އާއި ދެއްވަދޫވެސް ފެށުން ރަނގަޅު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ

އަށް ރަށެއްގައި ކުޅިވަރު ދާއިރާގެ އެކި މަޝްރޫޢުތައް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

TTH_advertisement