ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

އިތުރު ވޯޓަކަށް ނުގޮސް ޑިމޮކްރެޓްސްގެ ރައީސްއަކަށް އިންތި

Big Rv3y5pwdkampbuckirnhfkae1

ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އިންތިޚާބުވެއްޖެއެވެ. އަދި ޕާޓީގެ ނައިބު ރައީސްކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ހޮވިވަޑައިގެންފައިވެއެވެ.

މި ދެ މަޤާމަށް ކުރިމަތިލެއްވީ މި ދެ ބޭފުޅުން އެކަނި ކަމަށްވުމާއެކު، އިތުރު ވޯޓަކަށް ނުގޮސް އެ ދެ ބޭފުޅުން ވަނީ މަޤާމުތަކަށް ހޮވިވަޑައިގެންފައެވެ. މި މަޤާމުތައް ހުސްވެފައިވަނީ ކުރިން އެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އަނބުރާ ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.

ޑިމޮކްރެޓްސް ޕާޓީއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްނަންގަވައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. މި ޕާޓީ އުފެދިގެން އައީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގަތުމަށްފަހުގައެވެ.

އިންތިޚާބީ މައިދާނުގައި ޑިމޮކްރެޓްސް ޕާޓީއަށް މިހާތަނަށް ފާހަގަކުރެވޭފަދަ ކާމިޔާބީއެއް ލިބިވަޑައިގެންފައި ނުވިނަމަވެސް، ފަހަކަށްއައިސް ޕާޓީގެ އިސް މެންބަރުންތަކެއް، އޭގެ ތެރޭގައި ހަސަން ލަތީފް، މުޙައްމަދު ޝިފާޒު، ހުސައިން އަމްރު އަދި ޢަލީ ޢާޒިމް ހިމެނޭގޮތަށް، ވަނީ އެމްޑީޕީއަށް އަނބުރާ ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement