ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންނަށް ޙަޤީގަތް އޮޅޭފަދަ ފިތުނަވެރި ގޮތަކަށް ޚަބަރާއި މަޢުލޫމާތު ނުފަތުރައްވަވާ : ނައިބު ރައީސް ނާޒިމް

Jinnqhokniq4bnuoilh6qz8bthco7ocsibmfa2ul

މީޑިއާ ރެގިއުލޭޝަނާ ގުޅޭގޮތުން ދޭހަވާ މާނަ އޮޅޭފަދަ ގޮތަކަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާތީ، ރައްޔިތުންނަށް ޙަޤީޤަތް އޮޅޭފަދަ ފިތުނަވެރި ގޮތަކަށް މަޢުލޫމާތު ނުފެތުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ދިވެހިރާއްޖޭގެ މީޑިއާތަކަށް އިލްތިމާސްކުރައްވައިފިއެވެ.

މި މައްސަލައާ ގުޅިގެން ނެރުއްވި ބަޔާނުގައި ނާޒިމް ވިދާޅުވެފައިވަނީ މީޑިއާގެ މިނިވަންކަމަށް އެއްވެސް ހުރަހެއް ނޭޅުއްވާނެ ކަމަށެވެ. އަދި މީޑިއާއަކީ ޑިމޮކްރެޓިކް މުޖުތަމަޢުއެއްގެ މުހިންމު އަސާސެއްކަން ފާހަގަކުރައްވާފައިވެއެވެ.

ނާޒިމްގެ ބަޔާނުގައި، އެމަނިކުފާނުގެ ބަރުލަމާނީ ޙަޔާތުގައި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ. މީގެ ތެރޭގައި ސިވިލް ސަރވިސް ޤާނޫނު އެކުލަވާލައްވައި، ސިޔާސީ ނުފޫޒުން ސިވިލް ސަރވިސް ސަލާމަތްކުރެއްވުމަށް ކުރެއްވި މަސައްކަތް ހިމެނެއެވެ.

މިހާރު ދިވެހިރާއްޖޭގައި މީޑިއާ ރެގިއުލޭޓްކުރުމަށް ދެ މުއައްސަސާ އުފައްދާފައިވީނަމަވެސް، އެ މުއައްސަސާތައް އެންމެ އެދެވޭ ގޮތުގައި މަސައްކަތް ނުކުރާކަން ނާޒިމް ފާހަގަކުރައްވާފައިވެއެވެ. މި ދެ މުއައްސަސާއަށް 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވިދާޅުވެފައިވެއެވެ.

ނާޒިމްގެ މަޤްޞަދަކީ މި މުއައްސަސާތައް އިޞްލާޙުކޮށް، މީޑިއާތަކުގެ ޙަޤީޤީ ބެލެނިވެރި ފަރާތް ދެނެގަތުންކަމަށް ވިދާޅުވެފައިވެއެވެ. އަދި ޒުވާނުން ބޭނުންކުރާ މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރުމުގެ ބަދަލުގައި ރެގިއުލޭޓްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

ނާޒިމް އިތުރަށް ވިދާޅުވެފައިވަނީ، މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރާއިރު އަނެކާގެ އަބުރާއި ޢިއްޒަތަށް އުނިކަމެއް ނާންނާނެ ގޮތަށް ބޭނުންކުރުމަށާއި، މިފަދަ ކަންކަމުގައި އިންސާފު ހޯދައިދިނުމަށް މިވަގުތު ރާއްޖޭގައި ޤާނޫނެއް ނެތްކަމަށެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިފަދަ ޤާނޫނުތައް އެކުލަވާލަމުންދާކަން ފާހަގަކުރައްވާފައިވެއެވެ.

ނިންމަވާލައްވަމުން ނާޒިމް އިލްތިމާސްކުރައްވާފައިވަނީ، މިފަދަ ކަންކަމުގައި ރައްޔިތުންނަށް ޙަޤީޤަތް އޮޅޭފަދަ، ފިތުނަވެރި ގޮތަކަށް ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި