ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދެ ބޭފުޅަކު، ޢައްޔަންކުރައްވައިފި

388499 Cd48e56c E

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދެ ބޭފުޅަކު، މިއަދު ހެނދުނު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވި 2 ބޭފުޅުންނަކީ، މުޙައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 އަދި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކ.ހުރާ، ރޯޒް އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، މި ދެ ބޭފުޅުން ޢައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.

މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، މި ދެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މެންބަރުކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، މުޙައްމަދު ޒާހިދާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއި ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

Qw

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި