ކުއްލި ޚަބަރު

ގައުމު ހަލާކުނުވެ، ސަލާމަތްކުރެވުނީ ރައީސް މުއިއްޒު ފަދަ ހުލްގުހެޔޮ ބޭފުޅެއް ވެރިކަމެއް ގެނައުމުން: ސަލީމް

އެމްޑީޕީގެ ބައިބައިވުމާއެކު އޭގެ ހުރިހާ އަގެއް ދައްކަން ޖެހުނީ ރައްޔިތުން: ނާޒިމް

މިއަދު ތަހައްމަލުކުރަމުން މިދަނީ މާ އުފާވެރި ވެރިކަމެއް، ހުޅުވާލެވިފައިވާ ވެރިކަމެއް: ނާޒިމް

ބްރޯޑްކާސްޓިންއަކީ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ޚިދުމަތެއް: މެޑަމް ސާޖިދާ

371597 562d9c2a E

ބްރޯޑްކާސްޓިންއަކީ ފޫހިކަމާއި މާޔޫސްކަން ދުރަށްލައި، ހިތްތަކަށް އުފާވެރިކަން ގެނެސްދިން ޚިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އަދި ހަމައެހެންމެ ބްރޯޑްކާސްޓިންއަކީ އަމާނާތެއް ކަމަށާއި އެ ދާއިރާއަށް ލޯ ހުޅުވިފައިވާ ޖީލެއް ބިނާކުރުން މުހިންމުކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ އިއްޔެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިއަށްގެންދިޔަ “ވިޝަން އޮފް ދަ ފިއުޗަރ” މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ހަފްލާގައި އެކަމަނާ ވަނީ މުބާރާތުން އެކި ވަނަ ހާސިލުކުރި ކުދިންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ބްރޯޑްކާސްޓިން ޚިދުމަތަކީ ވަރަށް ފުރިހަމަ ޚިދުމަތެއްކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ދީނުގެ މަތިވެރި އުސޫލުތަކާއި މަތިވެރި އަޚްލާޤު އުނގަންނައިދީ އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދޭ ޚިދުމަތެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިން ޚިދުމަތަކީ ރަށްރަށް ގުޅުވައިދިން އަގުހުރި ޚިދުމަތެއްކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ މީޑިއާގެ އެކި މަންސަތައް މިހާރު ހުރިއިރު އެފަދަ މަންސަތަކަށްވެސް ރޭޑިއޯ އަދި ޓީވީގެ ދައުރު އަދާނުކުރެވޭ ކަމަށެވެ. އެހެންކަމުން، މި ދެ ޚިދުމަތަކީ ކުރީ ޒަމާނާއި މި ޒަމާނުގެވެސް އެއްޗެއްކަމަށާއި އެ ދާއިރާގެ މުހިންމުކަން އެނގޭ ޖީލެއް ބިނާ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

“ދިވެހި ކުޑަކުދިން އަލުން އަޅުގަނޑުމެން ޓީވީ އަދި ރޭޑިއޯގެ ބައިވެރިން ކަމަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް. އަދި ޤައުމެއްގެ ނިސްބަތުގައި ޓީވީ އަދި ރޭޑިއޯ އަދާކުރާ ދައުރު ފަހުގެ ޖީލުތަކަށް އެނގި، ވިސްނިފައިވުމަކީ އެހާމެ ބޭނުންތެރިކަމެއް,” މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ބްރޯޑްކޮމްއިން ކުރިއަށްގެންދިޔަ “ވިޝަން އޮފް ދަ ފިއުޗަރ” މުބާރާތަކީ އައު ޖީލެއް ބްރޯޑްކާސްޓިން ދާއިރާއަށް ޝައުގުވެރިކުރުވުމަށް ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މި ދާއިރާ ކުރިއަށްއޮތްތަނުގައިވެސް އިތުރަށް ފުޅާވެގެން ދިއުމަށް އެދިވަޑައިގަންނަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ބްރޯޑްކޮމްގެ “ވިޝަން އޮފް ދަ ފިއުޗަރ” މުބާރާތަކީ 3 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ކުރެހުމުގެ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ އުމުރުފުރައަކުން ތިން ވަނަ ވަނީ ހޮވާފައެވެ. މި މުބާރާތުގެ މަޤްޞަދަކީ ޒުވާނުންގެ މެދުގައި ބްރޯޑްކާސްޓިންގ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، މި ދާއިރާއަށް އައު ޖީލެއް ތައްޔާރުކުރުމެވެ.

މި ހަފްލާގައި ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި މުބާރާތަކީ ކުޑަކުދިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމުގެ ފުރުޞަތެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުން ކުޑަކުދިންނަށް ބްރޯޑްކާސްޓިންގ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބި، މުސްތަޤްބަލުގައި މި ދާއިރާއަށް ޝައުޤުވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ބޭއްވުނު މި ހަފްލާގައި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅުންނަށް ޚާއްޞަ އެވޯޑެއް ދެއްވާފައިވެއެވެ. މީގެ އިތުރުން، ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ ހަނދާނީ ލިޔުންތަކެއްވެސް ވަނީ ދެއްވާފައެވެ.

ގުޅުންހުރި

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިންމާފައެއް ނެތް: ރައީސް އޮފީސް

ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމުގައި އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް: ސީޕީ ނަވީން

1 suspect 1 811fb09a9f

ވަގަށް ނަގާފައިވާ ސައިކަލަކާއި ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

20240730 233216 850x548

ގައުމު ހަލާކުނުވެ، ސަލާމަތްކުރެވުނީ ރައީސް މުއިއްޒު ފަދަ ހުލްގުހެޔޮ ބޭފުޅެއް ވެރިކަމެއް ގެނައުމުން: ސަލީމް

TTH_advertisement ELL Mobile Advertisement