ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިން ސަރަހައްދެއްގައި އަނެއްކާވެސް ކަނދުފަތި އަޅައިފި

464726336 122165552840252741 8726166258903606608 N

ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެއް އަޅައިފިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން މިކަން އިއުލާނުކޮށްފައިވަނީ މިއަދުއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ލ. ފަރެސް ކައިރި ދޮށީ މަސްވެރިކަމަށް ކަނދުފަތި އަޅާފައިވެއެވެ. މި ކަނދުފަތި އަޅާފައިވަނީ ފަރެހުގެ ދެކުނުން 10 މޭލު ބޭރުގައެވެ.

އިތުރު މައުލޫމާތު ދެއްވަމުން، ވުޒާރާއިން ވިދާޅުވީ އިއްޔެ ދ. މީދޫ ކައިރީގައިވެސް ވަދު ކަނދުފައްޗެއް އަޅާފައިވާ ކަމަށެވެ. މި ކަނދުފަތި އަޅާފައިވަނީ މީދޫ އިރުން 5.5 މޭލު ބޭރުގައެވެ.

މީގެ އިތުރުން، މި މަހުގެ 22 ވަނަ ދުވަހު ކ. ގާފަރު ކައިރިވެސް ވަދު ކަނދުފައްޗެއް އަޅާފައިވާކަން ވުޒާރާއިން ހާމަކުރެއްވިއެވެ. މި ކަނދުފަތި އަޅާފައިވަނީ ގާފަރު އިރުން 4.5 މޭލު ބޭރުގައެވެ.

ގާފަރުގެ މަސްވެރިންގެ ފަރާތުން ‘މުޅިރާއްޖެ’ ނޫސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގިނަ ޢަދަދެއްގެ މަސްދޯނި ފަހަރު މަހަށް ފުރާ އެ ރަށުގެ މަސްވެރިންނަށް މިއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

މި ކަނދުފަތިތައް އެޅުމުގެ މަޤްޞަދަކީ ރާއްޖޭގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމާއި، މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމެވެ. މި ކަނދުފަތިތަކުގެ ސަބަބުން މަސްވެރިންނަށް މަސް ހޯދުމަށް ދަތުރުކުރަންޖެހޭ ދުރުމިން ކުޑަވެ، މަސްވެރިކަމުގެ ޚަރަދުތައް ކުޑަވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

masverin

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ބީއެމްއެލްއިން ލޯނު ދޫކޮށްފި

masverin

މި މަހު މަސްވެރިންނަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

masverin

މަސްވެރިންނަށް އިއްޔެ އެކަނިވެސް 1.2 މިލިއަން ރުފިޔާ ދޫކުރި

masverin

މަސްވެރިންނަށް 13.8 މިލިޔަން ރުފިޔާ ދޫކޮށްފި